ads
ފޮޓޯ: އިންޑިއާ ޓީވީ ނިއުސް
އިންޑިއާގެ ފަޅިއަކަށް ހޮނު އެޅުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެއްޖެ
އިންޑިއާއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން އެޅި ހޮނެއްގެ ސަބަބުން ފައްޅިއެއް ތެރޭ ތިބި 21 މީހަކު މަރުވެފައި ވާކަމަށް، އެގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ރޭގެ ވަގުތެއްގައި އިންޑިއާގެ އުތްރަޕްރަދޭޝްގެ އަވަށެއްގައި ހުރި މި ފައްޅިއަށް ހޮނު އެޅި ވަގުތު އެ ތަނުގެ ތެރޭ އަޅުކަމުގައި ގިނަ ބަޔަކު ތިބި ކަމަށް ނޫސްތަކުގައި ވަނީ ބުނެފަ އެވެ. އަދި އެހާ ގިނަ އަދަދެއްގެ މީހުން އެ ފައްޅިއަށް ރޭގެ ވަގުތެއްގައި ދިޔައީ، ވިއްސާރަ ވުމުގެ ސަބަބުން އެކަމުން ސަލާމަތްކަން ހޯދުމަށް ކަމަށް ވަނީ ބުނެފަ އެވެ. 

ފައްޅިތެރޭ ގިނަބަޔަކު އަޅުކަމުގައި ތިއްބާ ހޮނު އެޅުމުގެ ސަބަބުން 21 މީހަކު މަރުވެފައި ވާއިރު، 56 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުމުގެ ސަބަބުން ފަރުވާ ދެމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. 

ހޮނު އެޅުމުގެ ސަބަބުން ފައްޅިއެއް ތެރޭ ތިބި ބަޔަކު މަރުވެފައި ވާއިރު، މީގެ ކުރިން ބުދަށް އަޅުކަން ކުރަން ތިއްބާ ވިލާގަނޑު ފަޅައިގެން ގޮސް ކުއްލިއަކަށް ވެހިގަތް ވިއްސާރައަކާއި ގުޅިގެންވެސް ގިނަ ބަޔަކު އިންޑިއާގައި ވަނީ މަރުވެފަ އެވެ. 

މަރުވި މީހުންގެ ތެރޭ ގިނަ ބަޔަކު އަޅުކަން ކުރުމުގައި އިސް މީހަކަށް ދެކެމުން ދިޔަ ފާދިރީން ތަކެއްވެސް ވަނީ މަރުވެފަ އެވެ. 

85%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
2%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް