ads
ކޮރޯނާވައިރަހަށް ފަރުވާ ދިނުމަށް ފަހު ރަނގުޅުވެގެން 10،844 މީހުން ވަނީ ދޫކޮށްލާފަ
ކޮރޯނާވައިރަސް ޖެހިގެން އިތުރު 105 މީހުން މަރުވެއްޖެ
ކޮރޯނާވައިރަސް ޖެހިގެން އިތުރު 105 މީހުން މަރުވެ، މި ވައިރަހުގައި މަރުވި ޖުމްލަ މީހުންގެ އަދަދު 1،770 އަށް އަރައިފި އެވެ.

ފާއިތުވި ތިން ދުވަހު ވައިރަހުގެ އަސަރު ކުރި މީހުންގެ އަދަދު މަދުވި ނަމަވެސް ހޯމަ ދުވަހު ވަނީ ވައިރަހުގެ އަސަރު ކުރި މީހުންގެ އަދަދު 39 އަކަށް މައްޗަށް ޖެހިފަ އެވެ. 

ހޯމަ ދުވަހު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ކަމުގެ 2،048 ކޭސް ވަނީ ރިޕޯޓް ކޮށްފަ އެވެ. އަދި ކޮރޯނާ ވައިރަހަށް ފަރުވާ ދިނުމަށް ފަހު ރަނގުޅުވެގެން 10،844 މީހުން ވަނީ ދޫކޮށްލާފަ އެވެ.

ކޮރޯނާ ވައިރަހާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިން ޕިން ވަނީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ފިޔަވަޅު އަޅަން ޖެނުއަރީ ހަތްވަނަ ދުވަހު އަންގަވާފައިވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވައިރަހުގެ އަސަރު އެންމެ ގަދައަށް ކޮށްފައިވާ ސަރަހައްދުތައް ޝަޓްޑައުން ކުރަން ޖެނުއަރީ 23 ވަނަ ދުވަހު އަންގަވާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ޝީގެ ވާހަކަފުޅުން، ކޮރޯނާ ވައިރަހުގެ ވާހަކަ އާންމުންނާއި ހަމައަށް އައުމުގެ ދެ ހަފްތާ ކުރިން ޗައިނާ ސަރުކާރަށް އެ މައުލޫމާތު ލިބިފައިވާކަން އެނގިގެންދެ އެވެ. ކޮރޯނާވައިރަސް އިންސާނުންގެ ފަރާތުން އިންސާނުންނަށް ފެތުރޭނެކަން އެނގި އާންމުންނަށް ވައިރަހާއި ބެހޭ މައުލޫމާތުތައް ދީފައިވަނީ ޖެނުއަރީ މަހުގެ ފަހުކޮޅު އެވެ.

ފާއިތުވި ބުރާސްފަތި ދުވަހު ޗައިނާގެ ހޫބޭ އިން ވަނީ ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ މީހުން ލެބޯޓަރީ ޓެސްޓްގެ ނަތީޖާ ލިބެންދެން މަޑު ނުކޮށް ޑޮކްޓަރުގެ ޑައިގްނޯސިސްއާއި އެކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ބަލައި ފަރުވާ ދޭން ފެށުމަށް ނިންމާފަ އެވެ. މި ނިންމުމާއި އެކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 15،000 އަށް މައްޗަށް އަރާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް