ads
މަރުވެފައި އޮތްވާ ފެނުނު ކުއްޖާގެ ހަށިގަނޑު
އިންޑިޔާ ޓީޗަރެއްގެ ނުބައިކަން މުސްލިމު ދަރިވަރަކަށް ދައްކާލައިފި
އިންޑިޔާގެ ޓީޗަރަކު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު އަނިޔާ ކޮށް މަރާލައިފި އެވެ.

އިންޑިޔާގެ ނޫސްތަކުގައި ބުނެފައި ވަނީ، އިއްޔެގެ ވަގުތެއްގައި އިންޑިޔާގެ އާރުއެސް އިންޓަ ކޮލެޖުގެ، ޝިވް ކުމާރު ނަމަކަށް ކިޔާ ޓީޗަރަކު ކުއްޖާއަށް އަނިޔާކޮށް މަރާލީ، އެކުއްޖާ އާއި ސުވާލު ކުރުމަށް ކަމަށް ބުނެ ކުއްޖާ ވަކިން ބޭރަށް ނެރުމަށް ފަހު ކަމަށެވެ. 

އުމުރުން 13 އަހަރުގެ ދިލްޝާދު ނަމަކަށް ކިޔާ މި ކުއްޖާ އަށް އަނިޔާކޮށް މަރާލާފައި ވާއިރު، ކުއްޖާގެ ފުރާނަ ނެތް މަސްގަނޑު ފެނުނީ އެ ކޮލެޖު ކައިރީ ހުރި އިމާރާތެއްގެ ކައިރިން ކަމަށާއި، ކުއްޖާގެ ހަށިގަނޑު ފެނުނު އިރު ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ކޮށްފައި ހުރިކަން ފެންނަން ހުރި ކަމަށް ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

މި ކުއްޖާ މަރާލާފައި ވާއިރު، މީގެ ކުރިންވެސް އެ ޓީޗަރުގެ ފަރާތުން ކުއްޖާއަށް އެކި ކަހަލަ އުނދަގޫ ތަކާއި، ފުރައްސާރަ ލިބެމުން ދިޔަ ކަމަށާއި، އެ ކުއްޖާ އަކީ މުސްލިމެއް ކަމުން ޓީޗަރު އެ ކުއްޖާ ދެކެ ރުޅި އަންނަ ކަމަށް އެ ކުލާހުގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވެ އެވެ. 

ކުއްޖާ މަރުވެފައި އޮތް ފެންނަ ވީޑިއޯ އެއް މިހާރު ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އިރު، އަދި މިހާތަނަށް އެ ޓީޗަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާ ކަމަށާއި، މިކަމާއި ގުޅިގެން ފުލުހުން ޖަވާބު ދިނުމަށް ދެކޮޅު ހަދަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
92%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް