ads
ސައުދީގެ ލައިން ސިޓީގެ މަންޒަރެއް
ސައުދީ އަރަބިއްޔާގެ "ދަ ލައިން" ސިޓީ ދައްކާލައިފި
ސައުދީ އަރަބިއްޔާއިން އެގައުމުގެ "ދަ ލައިން" ސިޓީގެ މަންޒަރުތައް ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.

މިއީ، 2030 ވަނަ އަހަރު ނިންމާ އެގައުމުގެ ނުވަ މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއަކަށް ދިރިއުޅެވޭނެ ގޮތަށް އެގައުމުގެ ސަރުކާރުން ތަރައްގީ ކުރުމަށް ނިންމާފައިވާ ސިޓީ އެކެވެ. 

"ދަ ލައިން" ސިޓީގެ ނަން ދެވިފައވާ މި ސިޓީގެ ދިގުމިނުގައި 105 މޭލު ހުންނަ އިރު، ފުޅާ މިނުގައި، 200 މީޓަރު ހުންނާނެ އެވެ. އަދި ބިމުން މައްޗަށް 500 މީޓަރު ހުންނާނެ ކަމަށްވެސް ސައުދީ ސަރުކާރުން އާއްމުކޮށްފައިވާ ވީޑިއޯގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން މި ސިޓީގެ 500 މީޓަރު އުސް ފާރު ތަކަކީ، ބިއްލޫރިން ފަރުމާކޮށްފައި ހުންނަ ފާރު ތަކެއް ކަމަށްވެސް ވަނީ ވީޑިއޯ ގައި ބުނެފަ އެވެ. 

މި ސިޓީގެ އެންމެ މަތީގައި އެކި ބާވައްތަކުގެ ގަސް ހައްދާފައި ހުންނަ އިރު، ވައި ބޭރުކުރުމަށް އެންމެ ފަހުގެ ޒަމާނީ ވަސީލައްތައް ބެހެއްޓިފައި ހުންނާނެ އެވެ. 

މި ސިޓީގެ އެއްކޮޅުން އަނެއްކޮޅަށް އެންމެ 20 މިނެޓު ތެރެއިން ދަތުރު ކުރެވޭ އިރު، މި ސިޓީގައި އެތައް ފަންގިފިލާއެއް ހުންނާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. އަދި މި ސިޓީ އަކީ ކާބަން ފްރީ ސިޓީއެއް ކަމަށާއި، މި ސިޓީގެ ތެރޭ މުޅިންވެސް ބޭނުން ކުރާނީ، ތިމާވަށްޓާއި ރައްޓެހި ވެހިކަލް ކަމަށް ވަނީ ބުނެފަ އެވެ. 

ސައުދީ ސަރުކާރުން ބުނެފައިވާ ގޮތުގައި މި ސިޓީ އަކީ، އެގައުމުގެ ސަރުކާރުން ކުރިއަށްގެންދާ ނިއޯމް ވިޝަންގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް އެއް ކަމަށާއި، މިކަމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ދާކަމަށެވެ. 

އަދި މިކަމުގެ ސަބަބުން ތިމާވެއްޓަށްވާ ގެއްލުންތައް ކުޑަކުރެވޭނެ ކަމަށާއި، މިކަމުގެ ސަބަބުން އެގައުމުގެ އިގްތިސާދު އިތުރަށް ކުރިއަރާ ދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް