ads
ޑަބްލިއު މޯލްޑިވްސް ރިސޯޓް..
ރާއްޖޭގެ ދެ ރިސޯޓެއް އެމެރިކާ ކުންފުންޏަކުން ގަނެފި
ޔުނިވާސަލް ކުންފުނިން ހިންގި ދެ ރިސޯޓެއް އެމެރިކާގެ ކުންފުންޏަކުން ގަނެފި އެވެ.

އެމެރިކާގެ ޕްރައިވެޓް އިކުއިޓީ ފާމް ކޭއެސްއެލް ކެޕިޓަލް އިން ގަނެފައިވަނީ ކ. ފުރަނަފުށީގައި ފުލްމޫންގެ ނަމުގައި ހިންގާ ރިސޯޓާއި، އއ. ފެސްދޫގައި ޑަބްލިއު މޯލްޑިވްސްގެ ނަމުގައި ހިންގާ ރިސޯޓެވެ. 

މި ދެ ރިސޯޓް ވިއްކާލުމަށް ހުޅުވާލާފައި ވަނީ ޓޫރިޒަމްގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ ޔުނިވާސަލް ކުންފުނިންނެވެ. 

އެމެރިކާގެ ކޭއެސްއިން މި ދެ ރަށްވެސް ގަނެފައިވާއިރު މިކަމުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. 

ކޭއެސް އިން މި ދެރަށް ގަތުމަށްފަހު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ  މި ދެ ރިސޯޓުވެސް ހިންގާނީ މިހާރުވެސް މި ދެރިސޯޓު ހިންގަމުން އަންނަ މެނޭޖްމަންޓުން ކަމަށެވެ. 

ވަށައިގެން ހިތްގައިމު ގޮނޑުދޮށެއް ލާފައި އޮންނަ ފުލް މޫން ރިސޯޓަކީ ވޯޓާ ވިލާ އާއެކު 176 ރޫމު ހުންނަ ފައިވް ސްޓާ ރިސޯޓެކެވެ. 

ޑަބްލިއު މޯލްޑިވްސް އަކީވެސް 77 ވޯޓާ ބަންގްލޯ އާއެކު ޖުމްލަ ހަ ރެސްޓޯރެންޓަކާއި، އިންޓަރނޭޝެނަލް ސްޓޭންޑަޑްގެ ސްޕާއެެއް ގާއިމުކޮށްފައިވާ ރިސޯޓެކެވެ. 

ފަތުރުވެރިކަމުގައި ދުނިޔޭގެ އެއްވަނަ އިގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ރިސޯޓުތައް އޮޕަރޭޓު ކުރުމުގައި މެޖޯރިޓީ ހަރަކާތްތެރިވަނީ ބޭރު ގައުމުތަކަށް ނިސްބަތްވާ ކުންފުނިތަކުންކަން ފާހަގަ ކޮށްލެވެ އެވެ. 

ރާއްޖޭގެ ރިސޯޓުތައް އިންޑިޔާގެ ބޮލީވުޑުގެ ބައެއް ފިލްމީ ތަރިންވެސް ވަނީ މީގެ ކުރިން ގަނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް