ads
މަންކީޕޮކްސް
ރާއްޖެ އިން މަކުނު ވިދުރިއަށް ޝައްކުކުރެވޭ ކޭސްއެއް ފެނިއްޖެ
ރާއްޖެއިން މަކުނު ވިދުރި އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި މީހަކު ފެނިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރާއްޖޭގެ ހޮސްޕިޓަލަކަށް ބަލިވެގެން މިއަދު ދެއްކި ބިދޭސީ މީހެއްގެ ގައިން މަކުނު ވިދުރިއަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން މިހާރު އެ ހޮސްޕިޓަލުން އަންނަނީ، އެކަން އިތުރަށް ޔަގީން ކުރުމަށް އިތުރު ތަހުލީލުތައް ހަދަމުންނެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދިން އެޗްޕީއޭގެ އިސް އޮފިޝަލަކު ވިދާޅުވީ، ރާއްޖޭގެ ހޮސްޕިޓަލަކަށް ދެއްކި މީހެއްގެ ގައިން މަކުނު ވިދުރިއަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން އެ މައުލޫމާތު ހޮސްޕިޓަލުން ހިއްސާ ކޮށްފައި ވާކަމަށާއި، އެކަމާއި ގުޅިގެން އެ ހޮސްޕިޓަލުން އިތުރު ޓެސްޓުތައް ހަދަމުން އަންނަ ކަމަށެވެ. 

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ، އެއީ މަކުނު ވިދުރިތޯ ކަށަވަރު ކުރެވޭނީ، ހަދާ ޓެސްޓުތަކަށް ފަހު ކަމަށާއި، އެހެން ކަމުން އަދި މިވަގުތު އެއީ މަކުނު ވިދުރިތޯ ޔަގީންކޮށް ބުނަން ނޭނގޭ ކަމަށެވެ. 

ރާއްޖެއިން މި ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި މީހެއް ފެނި އެކަން އިތުރަށް ބަލަމުން އަންނަ އިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ، މަކުނު ވިދުރީގެ ސަބަބުން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. 

މިހާތަނަށް ދުނިޔޭގެ 74 ގައުމަކުން 16،000 އަށްވުރެ ގިނަ މީހުންގެ ގައިން މިބަލި ވަނީ ފެނިފަ އެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް