ads
ފޮޓޯ: ވަން އޮންލައިން
ދެކޮޅަށް ދެ ފައިލައިގެން ތިބެންވީމަ ހުރިހާ ފަރާތަކަށްވެސް އުނދަގޫވާނެ: ރައީސް ނަޝީދު
ދެކޮޅަށް ދެ ފައިލައިގެން ތިބެންވީމާ ހުރިހާ ފަރާތްތަކަށްވެސް އުދަގޫވާނެ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު އެރުވުމަކީ މަޖިލީހުގެ އިދިކޮޅު މެމްބަރުންގެ ޒިންމާ އެއްކަމަށެވެ. އެގޮތުން މަޖިލީހުގެ ގަވާއިދުގައި ވަނީ ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ މެމްބަރުން ފިޔަވާ އެހެން ޕާޓީތަކުގެ މެމްބަރުން އެކަން ކުރުމަށް ކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެކަމަށް ބާއްވާ ބައްދަލުވުމަކީ އިދިކޮޅު މެމްބަރުންގެ ބައްދަލުވުމެއް ކަމަށެވެ. އަދި އެ ބައްދަލުވުން މިއަދު ބޭއްވުމަށް އިދާރީ އިންތިޒާމް ހަމަޖެހިފައިވާ ކަން ރައީސް ނަޝީދު ހާމަކުރެއްވި އެވެ. 

ރައިސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ބައި ރަނގަޅަށް ނުބެހޭތި މަޖިލީހުގެ މަސައްކަތްތަކަށް އުނދަގޫވާކަމަށެވެ. އަދި މަޖިލީހަކީ ސާފުކޮށް ބައިބެހިފައި އޮންނަތަނަކަށް ވުން މުހިންމުކަމަށް ވިދާޅުވި އެވެ. 

"ދެ ބަޔަކަށް ދެކޮޅަށް ދެ ފައި ލައްވައިގެން އެހެން ތިއްބަވާން އުޅުއްވީމާ ވަރަށް ބޮޑަށް އުނދަގޫ ވާނެ ހުރިހާ ފަރާތަކަށް ވެސް. މިއަދު ބާރަގަޑި ބައިގައި ކޮޓަރި ނަމްބަރު އެކަކަށް ވެދެވަޑައިގަންނަވާނީ ވާދަވެރިން. އެއީ ރިޔާސީ ބަޔާނަށް ޖަވާބު އެރުވުމުގައި ލަފާއެރުވުމަށްޓަކައި."

އިދިކޮޅު މެމްބަރުން ސާފުވުން މުހިންމު ކަމަށް ރައިސް ނަޝީދު ވިދާޅުވި ވިދާޅުވުމަކީ ނުސީދާގޮތެއްގައި ޖުމްހުރީ ޕާޓިގެ އަށް ނިސްބަތްވާ މެމްބަރުންނަށް ނިސްބަތްކޮށް ވިދާޅުވި ބަހެއްކަމަށް ބެލެވެއެވެ. ޖުމްހޫރީ ޕާޓީން ސަރުކާރުގެ ބައެއް ކަންކަމަށް އަދި ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން އަންނައިރު އެ ޕާޓީ އޮތީ ސަރުކާރު ކޯލިޝަންގައެވެ. 

63%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
32%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް