ads
މިނިސްޓަރު މަހްލޫފު ކޮމަންވެލްތުގެ އެސްޖީއާއެކު
ރައީސް ސާލިހަށް ކޮމަންވެލްތްގެ ތައުރީފު
ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި، ރާއްޖޭން ކުޅިވަރު ހިންގުމުގައި ގެންގުޅުއްވާފައިވާ ސިޔާސަތުތަކަށް، ކޮމަންވެލްތުގެ ގައުމުތަކުގެ ކުޅިވަރު ވަޒީރުންނާއި ކޮމަން ވެލްތުގެ ސެކެއްޓްރީ ޖެނެރަލް ތައުރީފް ކުރައްވައިފިއެވެ.

އިނގިރޭސިވިލާތުގެ ބަރމިންހަމްގައި މި އަހަރުގެ ކޮމަންވެލްތު ގޭމްސް މިރޭ ރަސްމީކޮށް ފެށޭއިރު، ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަށް، ކޮމަންވެލްތު މެންބަރު ގައުމުތަކުގެ ތައުރީފު ރައްދުވީ، ގޭމްސްގައި ބައިވެރިވާ ގައުމުތަކަށް މަރުހަބާ ދެންނެވުމަށް، ކޮމަންވެލްތު ގައުމުތަކުގެ ކުޅިވަރު ވަޒީރުންނާއެކު ބޭއްވި ރަސްމީ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު، ރާއްޖޭގެ ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު ވިދާޅުވެފައިވަނީ، ރައީސް ސާލިހުގެ ސަރުކާރުގެ ކުޅިވަރު ސިޔާސަތުތަކަށް ކޮމަންވެލްތުން މަރުހަބާ ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާތރުން ކުޅިވަރުގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބީއަށް ކޮމަންވެލުތުން ތައުރީފު ކުރުމަކީ ލިބުނު އުފަލެއް. ރާއްޖޭން ސްޕެޝަލް އޮލިމްޕިކް އަދި ޕެރައޮލިމްޕިކް ތައާރަފުކޮށް އަދި ކުޅިވަރުގެ ތެރޭގައި އޮތް މިންތީގެ ތަފާތު ކުރުންތައް ނައްތާލާފައިވާތީ އެކަމަށް ކޮމަންވެލްތު ގައުމުތަކުގެ ކުޅިވަރު މިނިސްޓަރުން ތައުރީފު ކުރެއްވި.

ބާމިންގހަމް ގޭމްސް މިރޭ ރަސްމީކޮށް ފެށޭއިރު، މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން މި ބައިވެރިވަނީ މެދު ކެނޑުމަކަށް ފަހުއެވެ. ނަވާރަ ސަތޭކަ އަށްޑިހަ ހަވަނަ އަހަރުން ފެށިގެން ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ބައިވެރިވަމުން އައިނަމަވެސް، ދެހާސް ސޯޅަވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނުވަނީ ރާއްޖެ ކޮމަންވެލްތުން ވަކިކޮށްފައެވެ. އަދި އެއާއި އެކު ދެހާސް އަށާވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓްގައި އޮތް ކޮމަންވެލްތު ގޭމްސްއިން ރާއްޖެއަށް ފުރުސަތު ގެއްލުނެވެ.

ވެރިކަން ބަދަލުވެ، އަލުން ކޮމަންވެލުތާ ރާއްޖެ ގުޅުމަށް ފަހު، މި ފަހަރު މިއީ ރާއްޖޭން އަލުން ބައިވެރިވާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ރާއްޖޭން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވެފައިނީ ދެހާސް ސާދަވަނަ އަހަރުއެވެ. އެ އަހަރުގެ ގޭމްސް އޮތީ ގްލާސްގޯގައެވެ.

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ފަސް ކުޅިވަރެއްގައި ވާދަކުރާނެއެވެ. އެއީ ޓީޓީ، އެތުލެޓިކްސް، ފެތުން، ބީޗްވޮލީބޯޅަ އަދި ބެޑްމިންޓަން އެވެ. މި ފަސް ކުޅިވަރުގައި ދިވެހި ސާޅީސް ހަ އެތްލީޓުން ވާދަކުރާނެއެވެ. މި ފަހަރުގެ ގޭމްސްގައި ދިވެހި ދިދަ އުފުލާ ދިވެހި ދިދަ އުފުލާނެ ދެ އެތްލީޓުންގެ ގޮތުގައި ގައުމީ ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން ޒަކީ އާއި ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ޖުމާނާ ނިމާލްވަނީ ހަމަ ޖައްސާފައެވެ. އަންހެން އެތްލީޓް ޓީޓީ ކުޅުންތެރިޔާ ޖުމާނާ މިއީ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ މިއީ ތިން ވަނަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް