ads
ނާޒިމް ސައްތާރު..
ނާޒިމް ސައްތާރުގެ ބަންދަށް ހަތް ދުވަސް
ބަންގްލަދޭޝް މީހަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ބަންދަށް، އއ. ރަސްދޫ ކޯޓުން މިއަދު ހަތް ދުވަސް ޖަހައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނާޒިމް ހައްޔަރުކޮށްފައިވަނީ، އއ. އަތޮޅުގެ ރިސޯޓެއްގައި ހުއްޓައި ރޭގެ ވަގުތެއްގައެވެ. ރޭ ހައްޔަރު ކުރުމަށް ފަހު މިއަދު މެންދުރު ފަހު އޭނާ ގެންގޮސްފައިވަނީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށެވެ. 

ފުލުހުން ބުނެފައިވާ ގޮތުގައިމި މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ތިން މީހުންނެވެ. އޭގެ ތެރޭގައި ފުލުހަކުވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެއީ އަބްދުއްރަހްމާން ރަފީއު ކިޔާ ފުލުހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިންވަނަ މީހަކީ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް