ads
އެމްޕީ ރޮޒެއިނާ އާދަމް..
މެންބަރު ރޮޒެއިނާ އާދަމްގެ ޓްވިޓާ އެކައުންޓް ހެކްކޮށްފި!
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ޓްވިޓާ އެކައުންޓު ބަޔަކު ހެކްކޮށްފައިވާކަމަށް އޭނާ ބުނެފި އެވެ.

ރޮޒެއިނާ މިއަދު ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ވަރުގަދަ ބަހުގެ ހަމަލާތަކެއްވެސް ރައްދުކޮށްފަ އެވެ. 

ރޮޒެއިނާގެ ޓްވިޓާ އެކައުންޓް ބަޔަކު ހެކްކޮށްފައިވާ ކަމަށް ބުނާ މައްސަލަ ފެންމަތިވެފައި މިވަނީ ވެސް ރައީސް ނަޝީދަށް އަމާޒުކޮށް ބަހުގެ ހަމަލާގެ ރައްދު ދެއްވި ފަހުންކަން ފާހަގަކުރެވެ އެވެ. 

ޓްވިޓާގައި ރޮޒެއިނާ އެންމެ ފަހުން ރިޓްވީޓް ކޮށްފައި ވަނީ ރައީސް ނަޝީދު އަތުގައި ހުރިކަމަށް ބުނާ ބަރަހަނާ ފޮޓޯތަކެއް އެމްޑީޕީގެ ގުރޫގައި ހިއްސާ ކުރަން ބުނުމުން އެ ފޮޓޯތައް ހިއްސާ ކޮށްފައި ނުވަނީ އެއީ ނެތް ފޮޓޯ ތަކެއްް ކަމަށް ބުނެ ހަދާފައިވާ ހަބަރެކެވެ. 

ރޮޒެއިނާ ވިދާޅުވެފައި ވަނީ އެކަމަނާގެ ޓުވިޓާ އެކައުންޓު ހެކް ކުރިކަމުގައި ވިނަމަވެސް ބުނަން ބޭނުން އެއްޗެއް ނުބުނެ ނުހުންނަވާނެކަމަށެވެ. 

ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމު ސައްތާރު، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމާއި ގުޅިގެން ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. 

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީހަކާ އިނދެގެން ހުރެ ހިލޭ އަންހެނަކާ އެކު ޒިނޭ ކުރި ކަމަށާއި، އެކަމުގެ ހަތަރު ފޮޓޯއެއް އެބަހުރި ކަމަށެވެ. 

އަދި ވިދާޅުވެފައި ވަނީ އެމްޑީޕީގެ އިސް ސަފުގައި ތިއްބަވާ ބައެއްފަރާތްތަކުން ގާނޫނާ ހިލާފު އެތަކެއް އަމަލުތަކެއްް ކުރައްވާފައިވާ ކަމަށެވެ، އަދި ރާ ބޯ މީހުންވެސް އިސް ސަފުގައި އެބަތިބި ކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް