ads
ރޮނާލްޑޯ
ބޮޑާހޭކުން ހުއްޓާލައި ރޮނާލްޑޯ އެންމެ ފަހުން ޕްރެކްޓިހަށް
ޗެމްޕިއަންސް ލީގު ކުޅޭ ޓީމަކަށްދާން ބޭނުން ކަމަށް ބުނެ، ޕްރެކްޓިހުގައި ބައިވެރިނުވެ ހުރި މެންޗެސްޓަރ ޔުނައިޓެޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެންމެ ފަހުން ބޮޑާހޭކުން ހުއްޓާލައި، ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފިއެވެ.

އާ ސީޒަނަށް އާ ކޯޗަކާއި އާ ކުޅުންތެރިންނާއި އެކު ފޯރީގައި މެންޗެސްޓަރ ޔުނައިޓެޑު ޕްރެކްޓިސް ކުރަމުން ދިޔައިރު، ރޮނާލްޑޯ ޓީމާއެކު ޕްރެކްޓިހުގައި ބައިވެރިއެއް ނުވެއެވެ. މި ހުރިހާ ދުވަހު އޭނާ ދިޔައީ ޗެމްޕިއަންސް ލީގު ކުޅޭ ޓީމަކަށް ބަދަލުވާން ބޭނުން ކަމަށް ބުނެ ޔުނައިޓެޑުން ރިލީޒް ހޯދަން މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އެންމެ ފުރަތަމަވެސް ޔުނައިޓެޑުން ބުނެފައިވަނީ ރޮނާލްޑޯ އެއްވެސް ޓީމަކަށް ނުވިއްކާނެ ކަމަށެވެ. އަނެއްކޮޅުން ޗެމްޕިއަންސް ލީގު ކުޅޭ އެއްވެސް ޓީމަކުން ރޮނާލްޑޯ ގެންދާކަށްވެސް ބޭނުމެއް ނުވެއެވެ.

ޔުނައިޓެޑުގެ ޕްރީ ސީޒަން ޓުއަރގެ ތެރެއިން އޭޝިއާ ޓުއާގައި ރޮނާލްޑޯ ބައިވެރިވެސް ނުވެއެވެ. ބެންކޮކާ، އޮސްޓްރޭލިއާއަށް ކުރި ދަތުރުގައި ރޮނާލްޑޯ ބައިވެރިނުވާއިރު، ނޯވޭއަށް ކުރި ދަތުރުގައި ރޮނާލްޑޯ ޓީމާއެކު ނުގެންދެއެވެ. އެކަމަކު މިއަދު އޯލްޓްރެފަޑްގައި ކުޅޭ ޕްރީ ސީޒަން އެކުވެރިކަމުގެ މެޗުގައި ރޮނާލްޑޯ ކުޅޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރޮނާލްޑޯވަނީ ޔުނައިޓެޑުގެ ޕްރެކްޓިހުގައި ބައިވެރިވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ހޮނިހިރު ދުވަހުގެ ރޭ ޓްވީޓުކޮށްފައެވެ. 

އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން، ޔުނައިޓެޑުގެ ކޯޗު ޓެން ހެގްވަނީ އާދިއްތަ ދުވަހު ކުޅޭ ޕްރީ ސީޒަން ފްރެންޑްލީ މެޗަށް ނަގާ ސްކޮޑުގައި ރޮނާލްޑޯ ހިމަނާނެކަމަށް ބުނެފައެވެ. މިއީ ޔުނައިޓެޑުގެ ޕްރީ ސީޒަންގެ ފަހު މެޗެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް