ads
ފޮޓޯ: ޒީ ނިއުސް/އިންޑިއާ
އުމުރުން ދުވަސްވީ މީހަކަށް އިންޑިއާ ފުލުހަކު އަނިޔާ ކުރާ ވީޑިއޯއެއް އާއްމުވެއްޖެ
އިންޑިއާގެ ފުލުހަކު އުމުރުން ދުވަސްވީ މީހަކަށް އަނިޔާ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމު ވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަ ގޮތުން، އުތްރަޕްރަދޭޝްގެ ރެއިލްވޭ ސްޓޭޝަންއެއްގެ ތެރޭ އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ފުލުސް މީހާ އެތައް ފަހަރަކު ޖަހާ މަންޒަރު ފެނިގެންދެ އެވެ. އެ މުސްކުޅި މީހާ ބިމައް ވެއްޓުމުންވެސް ފުލުސް މީހާ އޭނާގައިގައި ބޫޓުން ތަޅާ މަންޒަރުވެސް އެ ވީޑިއޯއިން ވަނީ ފެނިގެން ގޮސްފަ އެވެ. 

މީގެ އިތުރުން މުސްކުޅި މީހާ އަށް އެތައް އަނިޔާއެއް ކުރުމަށްފަހު، ދަމާފައި ގޮސް ރެއިލް ދަގަނޑު ތަކުގެ ތެރެއަށް ވައްޓާލަން އުޅޭ މަންޒަރުވެސް އެ ވީޑިއޯގައި ވަނީ ފެނިފަ އެވެ. އެ ސަރަހައްދުގައި އެވަގުތު އާއްމުން ތިބިނަމަވެސް ފުލުސް މީހާ ހުއްޓުވާކަށް އެއްވެސް މީހެއް މަސައްކަތެއް ނުކުރެ އެވެ. 

މިކަމާއި ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅު ކުރަން ފެށުމާއި ގުޅިގެން އުތްރަޕްރަދޭޝްގެ ފުލުހުންގެ އިދާރާއިން ވަނީ، މުސްކުޅި މީހާއަށް އަނިޔާކުރި ފުލުސް އޮފިސަރު ސަސްޕެންޑު ކޮށް އޭނާގެ މައްސަލަ ބަލަން ފަށާފައި ވާކަމަށް ބުނެފަ އެވެ. އަދި އޭނާގެ މައްޗަށް މައްސަލަ ސާބިތުވާނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. 

އޭނާގެ މައްޗަށް މައްސަލަ ސާބިތުވާނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނުމުން، އެކަމާއި މެދު ފާޑުކިޔާ ބައެއް ފަރާތްތަކުން ވަނީ، ވީޑިއޯއިން އެކަނި ފެންނަ މަންޒަރުތަކުންވެސް އޭނާ ވަޒީފާއިން ވަކިކުރަންޖެހޭ ކަމަށާއި، މައްސަލަ އިތުރަށް ތަހުގީގު ކުރަން ނުވެސް ޖެހޭ ކަމަށެވެ. 

އަދި މިއީ މިފަދައިން އާއްމުންނާއި ދޭތެރޭ ކަންކަން ކުރާ ފުލުހުންނަށް ލިބިގެން ދާނެ ހިތްވަރެއް ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް