ads
އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ސީއެންއެމްއަށް އިންޓަރވިއު ދެއްވަނީ: ފޮޓޯ ސީއެންއެމް
ދެވަނަ ކުއާޓާގައި އެމްޓީސީސީއަށް 66 މިލިއަން ރުފިޔާގެ ފައިދާއެއް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިއަހަރުގެ ދެވަނަ ކުއާޓަގައި ސާފު ފައިދާގެ ގޮތުގައި 66 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެމްޓީސީސީން އާއްމުކޮށްފައިވާ މާލީ ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭ އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ޖުމްލަ 130 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭ އެކުންފުންޏަށް ލިބިފައިވަނީ، 125 މިލިއަން ރުފިޔާ އެވެ. 

އެކުންފުނީގެ މާލީ ރިޕޯޓްގައި ވާގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް 550 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައި ވާއިރު، ދެވަނަ ކުއާޓާގައި 593 މިލިއަން ރުފިޔާގެ އާމްދަނީ އެއް ވަނީ ލިބިފަ އެވެ. 

އަދި ޓެކްސް އަށް ކެނޑުމަށްފަހު ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް 64 މިލިއަން ރުފިޔާ ލިބިފައި ވާއިރު ދެވަނަ ކުއާޓާގައި އެކުންފުންނަށް ލިބިފައިވަނީ 66 މިލިއަން ރުފިޔާ ކަމަށްވެސް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

ދެވަނަ ކުއާޓާގައި އެމްޓީސީސީގެ ޓްރޭޑިންއާއި ކޮންޓްރެކްޓިން އިން ލިބުނު އާމްދަނީ އިތުރުވި ނަމަވެސް ފުރަތަމަ ކުއާޓަރާ އަޅާބަލައި އިރު، ޑްރެޖިންއިން ހަތަރު މިލިއަން އަދި ޓްރާންސްޕޯޓުން ދެ މިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ލިބިފަ އެވެ.

އެމްޓީސީސީއަށް 2020 ވަނަ އަހަރު ފައިދާގެ ގޮތުގައި 191 މިލިއަން ރުފިޔާ ލިބުނެ އެވެ. 2021 ވަނަ އަހަރުގެ 272 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައި ވާއިރު، އެކުންފުނީގެ އަމާޒަކީ މި އަހަރުގެ އާމްދަނީ 300 މިލިއަން ރުފިޔާއަށް އެރުވުމުވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް