ads
ދިރާގު ޓީވީ އަދި ދިރާގު ޕްލޭއިން މިހާރު ކޮމަންވެލްތު ގޭމްސް ފެންނާނެ
ދިރާގު ޓީވީ އަދި ދިރާގު ޕްލޭއިން މިހާރު ކޮމަންވެލްތު ގޭމްސް ފެންނާނެ
ދިރާގުގެ ކަސްޓަމަރުންނަށް އިނގިރޭސިވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ބަލާލެވޭނެ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.

މިކަމާއި ގުޅިގެން ދިރާގުން މިއަދު ބުނީ، މިދިޔަ ހަފްތާގައި ފެށި ކޮމަންވެލްތު ގޭމްސް ދިރާގުގެ ޓީވީ އަދި ދިރާގު ޕްލޭ އިން މިހާރު ފެންނާނެ ކަމަށާއި، ޓެން ސްޕޯޓްސް ޕާކިސްތާން، ސޯޔާ ޓެން 4 އެސްޑީ އެންޑް އެޗްޑީ، ސޮނީ ސިކްސް އެސްޑީ އެންޑް އެޗްޑީ އަދި ސޮނީ ޓެން 2 އެސްޑީ އެންޑް އެޗްޑީ ޗެނަލް އިން މި ކުޅިވަރު މުބާރާތް ބަލާލެވޭނެ ކަމަށެވެ. 

ދިރާގު ކަސްޓަމަރުންނަށް މި މުބާރާތް ފަސޭހަ ކަމާއި އެކު ބަލާލުމުގެ ފުރުސަތު ހުޅުވާލީ، މިއީ ރާއްޖޭގެ ޓީމުތައްވެސް ބައިވެރިވާ މުބާރާތަކަށް ވުމުން ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ދިރާގުން ބުނީ، ދިރާގު ޓީވީގެ 350 ރުފިޔާއަށް ލިބޭ ބޭސިކް ޕެކޭޖުން ވެސް ކޮމަންވެލްތު ގޭމްސް ފެންނާނެ ކަމަށާއި، ދިރާގު ޕްލޭ އިން 65 ރުފިޔާގެ ޕެކޭޖް އިން ވެސް މި މުބާރާތް އެއްވެސް ހުރަހެއް ނެތި ފެނިގެން ދާނެ ކަމަށެވެ. 

މި ފަހަރުގެ މުބާރާތުގައި ރާއްޖެއިން ވަނީ، ޓޭބަލް ޓެނިސް، ފެތުން، އެތްލެޓިކްސް، ބެޑްމިންޓަންގެ އިތުރުން ބީޗް ވޮލީއަށް ޓީމުތައް ފޮނުވާފަ އެވެ. 

ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 77 އިންސައްތަ ގޭބިސީއަށް މިހާރު ދިރާގުޓީވީ ހިދުމަތް ފޯރުކޮށްދޭން ފަށާފަ އެވެ.

ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް