ads
ޔާމީން
އިދިކޮޅި ރިޔާސީ ކެންޑިޑޭޓަކަށް ޔާމީން
އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީ.ޕީ.އެމް/ޕީއެން.ސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ޖޮއިންޓް ކައުންސިލުން ނިންމައިފިއެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް އެ ކޯލިޝަންގެ ޖޮއިންޓް ސެނެޓުން ނިންމިކަން އެ ޕާޓީން އިއުލާން ކުރީ މިރެއެވެ. ކުއްލި އަކަށް މިރޭ އެ ނިންމުން އިއުލާން ކުރުމާހަމައަށް އެކަމާ ބެހޭ މައުލޫމާތެއް އާއްމުކޮށްފައެއް ނުވެއެވެ.

ޕީޕީއެމުން މިރޭ ކުރި ޓްވީޓެއްގައި، ރިޔާސީ ކެންޑިޑޭޓަކަށް ޔާމީން ކަނޑައެޅިކަން ކުއްލިއަކަށް އިއުލާން ކުރިއިރު، ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑު އެހުމެއް މާދަމާ ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވުމަށްވަނީ ތާވަލުކޮށްފައެވެ. ކްރިމިނަލް ކޯޓުގައި މިހާރު ހިނަގަމުންދާ ޝަރީއަތުގައި ޔާމީންގެ މައްޗަށް ކުށް ސާބިތު ވެއްޖެނަމަ ޔާމީނަކަށް ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް