ads
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ: މަޖިލިސް
ކޮރަޕްޝަންގެ މައްސަލަތައް ބެލުން ލަސްވާތީ ބޮޑެތި ފާޑުކިޔުންތަކެއް!
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އިސްކަން ނުދޭތީ ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މަޖިލިސް ބައެއް މެންބަރުން ދައުލަތުގެ ބައެއް އިދާރާތަކަށް ފާޑުވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އިސްކަން ނުދޭތީ ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މަޖިލިސް ބައެއް މެންބަރުން ދައުލަތުގެ ބައެއް އިދާރާތަކަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް އާއި ފީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އޭސީސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

އަލީ އާޒިމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ އެތައް މައްސަލައެއް އޭސީސީގައި ހުއްޓާ، އެމައްސަލަތައް ބެލުމުގެ ބަދަލުގައި އިސްކަންދެނީ މިސަރުކާރާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ބެލުމަށް ކަމަށެވެ. ނިމިދިޔަ ސަރުކާރުގައި ދައުލަތަށް ލިބުނު އާމްދަނީ މައިގަނޑު ގޮތެއްގައި ބޭނުންކުރީ އޭރު ދައުލަތް ހިންގުމުގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ވައްކަންކުރުމަށް ކަމަށެވެ. 

އެމްޑީޕީގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު މަޖިލީހުގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން އޭނާ އޭސީސީއަށް ހާޒިރުވާން އަންގާފައިވާތީ އާޒިމް ވަނީ އެކަމަށްވެސް ފާޑު ވިދާޅުވެފަ އެވެ. އާޒިމް ވިދާޅުވީ ގާނޫނުއަސާސީގައިވާ ގޮތުން މެންބަރަކު މަޖިލީހުގައި ދައްކަވާ ވާހަކައަކާ ގުޅޭ އެއްވެސް މައްސަލައެއް އެއްވެސް ތަނަކަށް ނުބެލޭނެ ކަމަށެވެ.

"މިސަރުކާރާ ގުޅޭ ވާހަކައެއް ކޮންމެވެސް މެންބަރަކު ދެއްކުމާ އެކު އެ ވާހަކައެއް ބެލޭތޯ [އޭސީސީ] އިން ބަލާނެ. ކުރީގެ ސަރުކާރުގެ ކަންކަން ނުބެލޭ،" އާޒިމް ވިދާޅުވި އެވެ.

މިބިލްގެ ބަހުސްގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ ނިމިދިޔަ ސަރުކާރުން ދައުލަތުގެ އިދާރާތަކުގެ ބާރުތައް ނިގުޅައިގެންފައިވާތީ މިހާރުގެ މަޖިލީހުން އަލުން އެބާރުތައް މުއައްސަސާތަކަށް ދީފައިވާނެ ކަމަށެވެ. ނަމަވެސް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މީހުންގެ މައްސަލަތައް މިއަދު ވެސް ނުބެލޭ ކަމަށް ވިދާޅުވި އެވެ. 

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފާޑު ވިދާޅުވަމުން ހުސައިން ވިދާޅުވީ މައްސަލަތައް ބަލައި ފިޔަވަޅު އަޅަންޖެހޭ މީހުންނަށް ފިޔަވަޅު ނޭޅޭނަމަ މަގާމުން ދުރުވެ ގެއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ދައުލަތަށް ހިޔާނާތްވި މީހުންގެ މައްސަލަތައް ބެލުން ލަސްވާތީ ކޮންމެ ދުވަހަކު ދާއިރާގެ ރައްޔިތުންގެ ޝަކުވާތައް ލިބެމުންދާ ކަމަށާއި ނަމަވެސް މުއައްސަސާތަކުން އަމަލުކުރާ ގޮތުން ދެއްވާނެ ޖަވާބެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ. 



މިބިލަށް ބަހުސްކުރައްވަމުން އެމްޑީޕީގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެއް) ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ހިދުމަތް ކުރެވޭނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ގިނަ ވޯޓު ދީގެން ކަމަށެވެ. އެ އިންތިހާބުގައި އެމްޑީޕީއަށް ގިނަ ވޯޓު ދީފިނަމަ މިސަރުކާރުގެ ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ތިއްބެވި ޝައިހް އިމްރާން އަބްދުﷲ އާއި ގާސިމް އިބްރާހީމާއި ރައީސް މައުމޫންގެ އެހީތެރިކަން ބޭނުން ނުވާ ކަމަަށްވެސް އަހްމަދު ހަލީމް ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް