ads
މުހައްމަދު ހިސާން އަލީ ފަހްމީ (ހިސްކޮ)
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔަކަށް ހިސާން
ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީހުގެ އިސްވެރިޔާގެ މަގާމަށް މުހައްމަދު ހިސާން އަލީ ފަހްމީ (ހިސްކޮ) އައްޔަން ކޮށްދި އެވެ.

ކޮމިއުނިކޭޝަންސް އޮފީހުގެ އިސްވެރިޔާގެ މަގާމަށް ހިސާން އައްޔަން ކުރައްވާފައި ވާއިރު މީގެ ކުރިން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ހިންގަވަމުން ގެންދެވީ، ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހިމް ހޫދު އެވެ. 

ހިސާން މީގެ ކުރިން ހުންނެވީ، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގަ އެވެ. ހިސާން ރައީސް އޮފީހާ ގުޅިވަޑައިގަތީ 2019 ވަނަ އަހަރު އެވެ. 

މިކަމާއި ގުޅިގެން މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ހޫދު މިއަދު ވިދާޅުވީ، މިއަދުން ފެށިގެން ކޮމިއުނިކޭޝަންސް އޮފީސް ހިންގުން ހިސާން އާއި ހަވާލު ކުރައްވާފައި ވާކަމަށެވެ. އަދި އޭނާ ދެން ހާއްސަ ވާނީ، ރައީސް އޮފީހުގެ ފޮރިން ރިލޭޝަން އޮފީހުގެ ކަންކަމުގައި ކަމަށެވެ. 

ދެހާސް އަށާރަވަނަ އަހަރު ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓުގެ މަގާމަށް ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ހޫދު އައްޔަންކުރެއްވި އިރު، އޭނާ ވަނީ ރައީސް އޮފީހުގެ ތަރުޖަމާނުކަންވެސް ކުރައްވާފަ އެވެ. 

މިހާރު ރައީސް އޮފީހުގެ ތަރުޖަމާން ކަމުގެ މަގާމު އަދާ ކުރައްވަމުން ގެންދަވަނީ، މުހައްމަދު މަބްރޫކް އަޒީޒެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް