ads
އާދަމް ޝަރީފް އަދި ރައީސް ޔާމީން
ރިޔާސީ ޕްރައިމަރީގައި ޔާމީނާ ވާދަކުރާނެ އެކަކުވެސް ނުހުންނާނެ: އާދަމް ޝަރީފް
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ރިޔާސީ ޕްރައިމަރީއެއް ބޭއްވިޔަސް ރައީސް ޔާމީން އާ ވާދަކުރައްވަން ބޭނުންފުޅުވާ އެކަކުވެސް ނެތް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ

އިދިކޮޅު ކޯލިޝަންގައި ހިމެނެނީ ޕީޕީއެމް އާއި ޕީއެންސީ އެވެ. ޕީޕީއެމް އިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަކުރައްވާނީ ރައީސް ޔާމީން ކަން ރަސްމީކޮށް އިއުލާނުކުރައްވާފަ އެވެ. 

ޕީއެންސީގެ މެންބަރު އާސދަމް ޝަރީފް ވިދާޅުވީ ހަރަދުތަކެއް ކޮށްގެން ރިޔާސީ ޕަރައިމަރީއެއް ބޭއްވުމުގެ މާބޮޑު ބޭނުމެއް ނެތް ކަމަށެވެ. އަދި އެ ކޯލިޝަނުން ނެރޭ ކެންޑިޑޭޓަށް ވާދަކޮށް ޕްރައިމަރީގައި އެކަކުވެސް ކުރިމަތި ނުލައްވާނެ ކަމަށެވެ. 

އާދަމް ޝަރީފް ވިދާޅުވީ ގައުމު ދެކެ ލޯބިވާ ހުރިހައި ފަރާތްތަކުންވެސް ބޭނުންވަނީ ރައީސް ޔާމީން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކޮށް އަލުން ރާއްޖޭގެ ވެރިކަމަށް ގެންނަން ކަމަށެވެ. 

ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެ ކަމަށް ރަސްމީކޮށް ރައީސް ޔާމީން އިއުލާނު ކުރެއްވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރާ މައްސަލަ ތަކެއް ކޯޓުގައި ދަނީ ހިނގަމުންނެވެ. 

ރިޔާސީ ރޭހުގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާއިރު ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީޕީގެ އެތެރޭގައި ވެސް ވަނީ ވަރަށް ބޮޑެތި ކޯޅޫންތަކެއް އުފެތި އެއްބަޔަކު އަނެއް ބަޔަކަށް ޒާތީ ވާހަކަތަކެއްވެސް ދައްކަން ފަށާފަ އެވެ. އަދި ސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑު ކިއުންތައްވެސް އަމާޒުކުރަން ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް