ads
ފ.ނިލަންދޫ..
ފ.ނިލަންދޫ ފަޅުގައި ސަރުކާރުން ދެ ރިސޯޓު ތަރައްގީކުރަނީ
ފ.ނިލަންދޫ ފަޅުގައި ސަރުކާރުން ދެ ރިސޯޓު ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ނިލަންދޫ ކައުންސިލުން ބުނެފި އެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު މިއަދު ވިދާޅުވީ ނިލަންދޫގެ ފަޅުތެރޭގައި ދެ ރިސޯޓު ތަރައްގީ ކުރުމަށްޓަކައި އެކަމުގައި ނިލަންދޫ ރައްޔިތުން ދެކޭ ގޮތުގެ ހިޔާލު ހޯދައި ދިނުމަށް އެދިފައިވާ ކަމަށެވެ. 

އަލީ ވިދާޅުވީ ސަރުކާރުގެ ފަރާތުން ޓުއަރިޒަމް މިނިސްޓްރީގެ އެދުމުގެ މަތިން ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރި ކަމަށާއި، ނިލަންދޫ ފަޅުގައި ރިސޯ ހަދަން ނިލަންދޫގެ ރައްޔިތުންގެ ފުރިހަމަ ސަޕޯޓުވެސް ލިބިއްޖެ ކަމަށެވެ. 

ނިލަންދޫ ފަޅުގައި ރިސޯޓް ތަރައްގީކުރުމުން ވަރަށް ގިނަ ގޮތްގޮތުން ނިލަންދޫ އަށް ތަރައްގީ އަންނާނެ ކަން ފާހަގަކުރައްވަމުން އަލީ ވިދާޅުވީ ކައުންސިލްގެ ރަސްމީ ޖަލްސާއެއް މިއަދު ބާއްވައި ނިލަންދޫ ކައުންސިލުންވެސް މިކަމަށް އެދޭ ކަން ހާމަކޮށް ޓުއަރިޒަމް މިނިސްޓްރީއަށް މިއަދު ފޮނުވާފައިވާ ކަމަށެވެ. 

"ސަރުކާރުން ބޭނުންވެގެން ނިލަންދޫ ފަޅުގައި ދެ ރިސޯޓު އަޅަނީ އިތުރަށް ބިންވެސް ހިއްކައިގެން. އެކަމުގައި ޓޫރިޒަމް މިނިސްޓްރީން އެދނުނީ ރައްޔިތުން ހިޔާލަށް. ރައްޔިތުން ފުރިހަމަ އަށް ތާއީދު ކުރުމުން ކައުންސިލުންވެސް ބޭނުންވަނީ ރައްޔިތުންގެ ނިންމުން އެއީ ކައުންސިލުގެ ވެސް ނިންމުމަކީ. މިއަދު ވާނެ ޓޫރިޒަމް މިނިސްޓްރީއަށްވެސް މިކަން ހިއްސާކޮށްފަ." އަލީ ވިދާޅުވިއެވެ.

ބޮޑު ފަޅެއް އޮންނަ ނިލަންދޫ ފަޅު ތެރޭގައި މީގެ ކުރިން އެއާޕޯޓެއް އެޅުމަށްވެސް ނިމިދިޔަ ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި މިކަމަށްޓަކައި ކުރަންޖެހޭ ބައެއް ސާވޭ ތަކުގެ މަސައްކަތްވެސް ކުރެވި މެލޭޝިއާގެ ކުންފުންޏަކާއެކު އެއްބަސް ވުމެއްގައިވެސް މީގެ ކުރިން ސޮއިކޮށް ކުރެހުންތައްވެސް އެކުލަވާލާފައިވެ އެވެ. 

އަލީ ވިދާޅުވީ މި އެއާޕޯޓުގެ މަސައްކަތް ކުރުމަށް އޭރުގެ ސަރުކާރުން ކައުންސިލްގައި މަޝްވަރާއަށް އެދިފައިވާ ކަމަށާއި، އެއީ ފަހުން ނުހިނގާނެ ޕްރޮޖެކްޓެއްކަން އަދި މިހާތަނަށް އެއްވެސް ސަރުކާރަކުންވެސް އަންގާފައި ނުވާ ކަމަށެވެ. 

"ހަމަ މި ރިސޯޓް ހަދަން ބުނި ގޮތަށް އޭރު ސަރުކާރުން އެއާޕޯޓް އަޅަންވެސް ބުނީ. ކައުންސިލުން ދޭންޖެހޭ ހުއްދަ އެއް އޮތިއްޔާދީފަ. މަޝްވަރާވެސް ކޮށްފަ މިކަން ކެންސަލް ކުރި ވާހަކަ އަންގަން ޖެހޭނެ ދެތޯ. އަދި މިހާތަނަށް މި ސަރުކާރަކުންވެސް އެއީ ކޮށްދޭނެ ކަމެއްގެ ގޮތުގައި އަދި ނުކޮށްދޭނެ ޕްރޮޖެކްޓެއްގެ ގޮތުގައިވެސް ވިދާޅެއް ނުވޭ." އަލީ ވިދާޅުވި އެވެ.

your imageނިލަންދޫގައި އެއާޕޯޓް އަޅަން ކުރިން ކުރަހާފަ އޮތް ކުރެހުން..

ރައީސް ޔާމީންގެ ވެރިކަމުގައި ދެހާސް ސަތާރަވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 26.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި އެ އަހަރަށް ހިންގަން ރާވާފައިވާ ބޮޑެތި 16 މަޝްރޫއުގެ ތެރޭގައި ނިލަންދޫގައި އެއާޕޯޓެއް ގާއިމުކުރުމަށް ބިން ހިއްކުމާއި އެކު 170 މިލިއަން ރުފިޔާ ހިމެނި އެވެ. 

އަދި އޭގެ ދުވަސްކޮޅެއް ފަހުން ދެހާސް ސަތާރަވަނަ އަހަރު މާރިޗު މަހުގެ ތެރޭގައި ފަސް ރަށެއްގައި އެއާޕޯޓް ހަދަން 57 މިލިއަން ޑޮލަރަށް މެލޭޝިއާ ބަޔަކާ ހަވާލުކުރިއިރު އޭގެ ތެރެއިން އެއް ރަށަކީ ނިލަންދޫ އެވެ. 

މެލޭޝިއާގެ ގްރިފޮން އެނާޖީ ކޯޕަރޭޝަނާ ނިލަންދޫ އެއާޕޯޓް ޕްރޮޖެކްޓް ހަވާލު ކުރީ ދެހާސް އަށާރަވަނަ އަހަރުގެ އޮކްޓޯބަރު މަހު އެއާޕޯޓް ހުޅުވާނެ ކަމުގެ ފޮނި ހުވަފެން ނިލަންދޫ ރައްޔިތުންނަށް ދެއްކިއެވެ. 

40%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް