ads
"މަންކީ ޕޮކްސް" ބަލި
މަންކީޕޮކްސްއިން ރައްކާތެރިވުމަށް ބަންގްލަދޭޝް މީހުންނަށް އިރުޝާދު ދީފި
މަންކީޕޮކްސްއިން ރައްކާތެރިވުމަށް ބަންގްލަދޭޝްގެ ރައްޔިތުންނަށް އެ ގައުމުގެ ސިއްހީ މާހިރުން އިރުޝާދު ދީފިއެވެ. މިހާތަނަށް ބަންގްލަދޭޝްއިން މަންކީޕޮކްސްގެ ކޭސްއެއް އަދި ފެނިފައެއް ނުވެއެވެ.

ބަންގްލަދޭޝްގެ ބަންގްބަންދު ޝެއިޚް މުޖީބް މެޑިކަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޕްރޮފެސަރ އެމްޑީ ޝަރަފުއްދީން އަހްމަދުވަނީ، ބަންގްލަދޭޝް މީހުން ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އެޅުމަށް އެ ގައުމުގެ މީހުންނަށް އިރުޝާދު ދެއްވާފައެވެ. އަދި މަންކީޕޮކްސްއިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުންވެސް ހަރުކަށި ފިޔަވަޅުތައް އެޅުމަށް އޭނާވަނީ ގޮވާލައްވާފައެވެ.

މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މަންކީޕޮކްސްގެ ސަތާރަ ހާހަށްވުރެ ގިނަ ކޭސް ފެނިފައިވާއިރު އަވައްޓެރި އިންޑިޔާއިންވަނީ މަންކީޕޮކްސްގެ ފުރަތަމަ މަރު މި ހަފްތާތެރޭ ރެކޯޑް ކުރެވިފައެވެ. ބަންގަލްދޭޝްއިން މަންކީޕޮކްސްގެ ކޭސްއެއް އަދި މިހާތަނަށް ފެނިފައިނުވިނަމަވެސް ޑާކާ އެއަރޕޯޓުން ތުރުކީ މީހެއްގެ ހަށިގަނޑުން މަންކީޕޮކްސްއަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން އޭނާވަނީ ޓެސްޓްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް