2 އޮގަސްޓް 2010
ތާރީޚުން މިއަދު، 2 އޮގަސްޓަށް ނަޒަރެއް
Share
2 އޮގަސްޓް 1981 ވިޔަފާރިއަށް ނުވަތަ ޓުވަރިޒަމާ ގުޅޭ މަސައްކަތެއް ކުރުމަށް ބޭރުގެ ފަރާތަކުން އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅުއްވައިފިނަމަ، އައްޑު އަތޮޅު ގަން ދޫކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ 2 އޮގަސްޓް 1981 ގައެވެ. ރައީސް އެހެން ވިދާޅުވީ އައްޑު އަތޮޅު ހިތަދުއަށް ވަޑައިގެން އެ ރަށުގައި އައްޑު އަތޮޅު މީހުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
Advertisement

2 އޮގަސްޓް 1982

ދެކުނު އެފްރިކާގައި އުފައްދާ މުދާ ރާއްޖެއަށް އެތެރެކުރުން މަނާ ކުރަން ސަރުކާރުން ނިންމީ 2 އޮގަސްޓް 1982 ގައެވެ. ސަރުކާރުން އެ ގޮތަށް ނިންމާފައިވަނީ، ދެކުނު އެފްރިކާގައި އޭރު ހިގަމުންދިޔަ ނަސްލީ އިމްތިޔާޒުގެ ސިޔާސަތުތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

2 އޮގަސްޓް 1988

ސަރުކާރު އޮފީސްތަކުން ސިޓީއާއި ބިލް ބެއްސެވުން ފަދަ ކަންކަން ކުރުމަށް ކާރު އަދި ޕިކަޕް ފަދަ އުޅަނދު ކުއްޔަށް ނަގަން ފެނިވަޑައިނުގަންނަވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ސަރުކާރު އޮފީސްތަކަށް ދަންނަވާފައިވަނީ 1988 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ.

2 އޮގަސްޓް 1990

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމުގެ ޤާނޫނު ތަސްދީގު ކުރެވުނީ 2 އޮގަސްޓް 1990 ގައެވެ. އެންމެ ޖުމްލައެއްގެ މައްޗަށް ހިމެނޭ މި ގާނޫނު ފަހުންވަނީ އުވާލާފައެވެ.

2 އޮގަސްޓް 2008

ގިނަ އަދަދެއްގެ ސިމެންތި ބަރުކޮށްގެން ހދ. ތީފަރިދޫން ފުރައިގެން އެ އަތޮޅު ނޮޅިވަރަމަށް ދަތުރު ކުރި ދޯންޏެއް އަޑިއަށް ދިޔައީ 2 އޮގަސްޓް 2008 ގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް "ނޫރާނީ" ދޯނީގެ އެއްވެސް އެއްޗެއް ސަލާމަތެއް ނުކުރެވެއެވެ.

2 އޮގަސްޓް 2010

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށާއި، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަދި އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން ޢައްޔަން ކުރެއްވީ 2 އޮގަސްޓް 2010 ގައި ރައީސް މުހައްމަދު ނަޝީދުއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ އައި.ސީ.ޔޫ.ގެ ޚިދްމަތް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އިފްތިތާޙް ކޮށްދެއްވީ 2010 ވަނަ އަހަރުގެ އޮގަސްތް މަހުގެ 2 ވަނަ ދުވަހުއެވެ.

2 އޮގަސްޓް 2021

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ "މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް"، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިންގަމުން ގެންދާ ގޮތަށް ހަމަޖެއްސެވުން

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް