ads
ރައީސްގެ ކާރުކޮޅަށް ފެންޖެހީ ގަސްތުގައި ނޫންކަން ތަހުގީގަށް ފާހަގަ ކުރެވޭ: ފުލުހުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅުގެ މައްޗަށް ފެން އެއްޗެއް ބަންޑުން ކޮށްލީ ގަސްތުގައި ނޫންކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރައީސްގެ ކާރުކޮޅަށް ފެން އެއްޗެއް ބަންޑުން ކޮށްލީ ހޮނިހިރު ދުވަހު ހީނާމާގެ ކައިރީގައި ކާރުކޮޅު ބާއްވާފައި އޮއްވައެވެ. އެވަގުތު ރައީސް ހުންނެވީ އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތުގައި ބައިވެރިވެލައްވާށެވެ. 

ފުލުހުން ބުނީ ރައީސްގެ ކާރުކޮޅަށް ފެން އެއްޗެއް ބަންޑުން ކޮށްލީ ހެންވޭރުގައި ހުރި އިމާރާތެއްގެ މަތިން ކަމަށެވެ. 

އަދި އެކަން ފުލުހުން ބެލިބެލުމުން މިހާދިސާ ހިނގީ އެގޭ ޓެރަސްމަތީގައި ހުރި ގަސްތަކަކަށް ފެން ދިނުމުގެ ތެރޭގައި ކަމާއި އަދި އެއީ ގަސްތުގައި ކުރިކަމެއް ނޫންކަމަށް ފާހަގަވާކަމަށް ފުލުހުން ބުނެފައިވެއެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް