ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލިސް
ޓީއެމްއޭއާ ގުޅޭ އޭސީސީގެ ރިޕޯޓް ސިއްރުކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސީޕްލޭން ޓާމިނަލް ހެދުމަށްފަހު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް އެތަނުން ބޮޑު ބައެއް ދޫކޮށްލަން ނިންމުމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ރިޕޯޓް، ސިއްރުކޮށްފި އެެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސީޕްލޭން ޓާމިނަލް ހެދުމަށްފަހު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް އެތަނުން ބޮޑު ބައެއް ދޫކޮށްލަން ނިންމުމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ރިޕޯޓް، ސިއްރުކޮށްފި އެެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ ސީޕްލޭން ޓާމިނަލާ ގުޅިގެން އޭސީސީން ތައްޔާރުކުރި ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ލިބިފައިވާ ކަމަށެވެ. ރިޕޯޓް ފޮނުވާފައިވަނީ ސިއްރު ރިޕޯޓެއްގެ ގޮތުގައި ކަމަށްވާތީ ރިޕޯޓް ސިއްރުކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ރިޕޯޓް މެންބަރުންނާ ހިއްސާކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ކޮންޓްރޯލް ކުރާ އެމެރިކާގެ ބެއިން ކެޕިޓަލްގެ ފަރާތުންވެސް މިހާރު މަޖިލީހަށް މައުލޫމާތުތަކެއް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން ފޮނުވި މައުލޫމާތުތަކުގެ ތެރޭގައި 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ބަދަލުކޮށްފައިވާ ސިޓީތަކެއް ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ. އޭސީސީން ތުހުމަތުތައް ބިނާ ކުރާ އެއްބަސްވުމަށް ވާސިލްވުމަށް ފޮނުވާފައިވަނީ އެ ލިޔުންތައް ކަމަށްވެސް ވިދާޅުވި އެވެ. 

ރައީސް ނަޝީދު ވިދާޅުވީ ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 55 މިލިއަން ޑޮލަރުގެ ޓާމިނަލެއް ހެދުމަށްފަހު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނުއަގުގައި ދޭން މަސައްކަތް ކޮށްފައިވީ ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެންދަވަނީ ދައުލަތާއި ރައްޔިތުންނަށް އެންމެ ލުއިގޮތަކަށް މައްސަލަ ނިންމަން މަސައްކަތް ކުރައްވަމުން ކަމުގައިވެސް ވިދާޅުވި އެވެ. 

އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރުގެ ޖާގައެއް ޓީއެމްއޭ އަށް ދޭން ނިންމާފައިވާއިރު ޓީއެމްއޭ އިން ބުނެފައިވަނީ 15 އަހަރުގެ މުއްދަތަކަށް އެތަނުން އަކަމީޓަރެއް ދޭން ކުރީގެ ސަރުކާރުން ނިންމާފައިވަނީ 10.35 ޑޮލަރަށް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެމްއޭސީއެލްގެ ބޯޑުގެ ނިންމުމެއް ނެތް ކަމަށް އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު ވަނީ ވިދާޅުވެފަ އެވެ. 

އެމްއޭސީއެލް އިން އާ ޓާމިނަލްގެ ބޮޑު ބައެއް ކުޑަ ކުއްޔަކަށް ޓީއެމްއޭ އަށް ދޭން ނިންމުމުން ސީޕްލޭންގެ ހިދުމަތްދޭ އެހެން ކުންފުނިތަކުންނާއި ސިޔާސީ ބައެއް ބޭފުޅުންނާއި އާންމުން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިމުއާމަލާތުގައި ވަކި ބަޔަކަށް ނާޖާއިޒު މަންފާތަކެއް ލިބޭ ގޮތަށް ކަންތައްތަކެއް ކޮށްފައިވާ ކަމަށް ބުނެ އޭސީސީން ވަނީ މިމައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ނިންމާފަ އެވެ. 

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް