ads
ސަން ސިޔާމް
ސަން ސިޔާމްގެ ޕާސްޕޯސްޓް މައްސަލައިގެ ހުކުމް މިއަދު
ސަން ޓްރެވެލްސް އިން ހިލްޓަންއަށް ދައްކަން ޖެހޭ 24 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލާގައި، މަޝްހޫރު ވިޔަފާރިވެރިޔާ، އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާއި އޭނާގެ ކުރީގެ އަނބިކަނބަލުން އައިޝަތު ފާއިޒްގެ ގެ ޕާސްޕޯޓް ހިފަހައްޓަން ކޮށްފައިވާ އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުމަށް ހައިކޯޓުގައި އަނެއްކާވެސް ތާވަލުކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހު ހައިކޯޓަށް ހުށަހެޅިފައިވާ މި މައްސަލައިގެ ހުކުމް ކުރުމަށް މިދިޔަ ޖޫން މަހުވެސް ހައިކޯޓުގައި ތާވަލު ކުރިއެވެ. އެހެންނަމަވެސް އެ ދުވަހު އެ މައްސަލަވަނީ ކެންސަލްވެފައެވެ. ކެންސަލްވީ ސަބަބެއް ހައިކޯޓަކުން ނުބުނެއެވެ.

ސަން ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރު ނެރެފައިވަނީ ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލާގައި މި އަހަރުގެ ފެބްރުއަރީ މަހުއެވެ. ސިޔާމްއާ އެކު ސަން ޓްރެވެލްގެ ޑިރެކްޓަރެއްގެ މަގާމުގައި ހުރި ސަން ސިޔާމުގެ ކުރީގެ އަނބިކަބަލުން އައިޝަތު ފާއިޒްގެ ޕާސްޕޯޓު ހިފަހައްޓަންވެސް އެފަހަރު އަމުރުކުރިއެވެ. ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލައިގައި އޭނާ ބުނެފައިވީ އެއީ ޖުޑިޝަރީން ހިންގި ޖަރީމާއެއް ކަމަށާއި، އެއީ ސިޔާސީ ހުކުމެއް ކަމަށެވެ.

އަޅުގަނޑުމެން ކުންފުންޏަކީ މަލްޓި ބިލިއަން ކުންފުންޏެއް. އެކުންފުނީގަ އެތިބެނީ ރާއްޖޭގެ އެންމެ ފުންނާބު އުސް ލޯޔަރުން. ކޯޓުތަކަށް އެބޭފުޅުން އެބަވަޑައިގަންނަވާ ލަހެއް ފަހެއް ނެތި. އެހެންވީމަ މިފަދަ މަލްޓި މިލިއަން ކުންފުންޏެއްގައި ކުއްލިއަކަށް ޕާސްޕޯޓެއް ނުހިފެހެއްޓޭނެ. އެއީ ސީދާ ގާނޫނާއި ހިލާފަށް ކޮށްފައިވާ ސިޔާސީ ހުކުމެއް

ނ. މެދުފުށީގައި ސަން ޓްރެވެލް އިން ހަދާފައިވާ "އިރުފުށި ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓް" ހިންގަން ހިލްޓަން އާ ހަވާލުކުރީ 2009ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހުއެވެ. ނަމަވެސް އެއްބަސްވުމާ ހިލާފުވާ ކަމަށް ބުނެ، ސަން ޓްރެވެލުން، އެ އެބަސްވުން ވަނީ 2013ވަނަ އަހަރު ބާތިލުކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް