ads
މުހައްމަދު ޝަރީފް -- ފޮޓޯ: ސަން އޮންލައިން
ޝަރީފް، 25 އަހަރަށްފަހު ބީއެމްއެލް އިން ވަކިވެވަޑައިގެންފި
ގައުމީ ބޭންކް، ބީއެމްއެލްގައި 25 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހު ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޝަރީފް ވަނީ ބީއެމްއެލްގައި އިސް އެތައް މަގާމެއް އަދާކުރައްވާފަ އެވެ. އެގޮތުން ބީއެމްއެލްގެ ސީއޯއޯގެ މަގާމާއި، އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމާއި، ހެޑް އޮފް ކާޑް ސެންޓަރުގެ މަގާމާއި، ރީޓެއިލް ބޭންކިން ޑިރެކްޓަރުގެ މަގާމު ހިމެނެ އެވެ. 

ޝަރީފް އިސްތިއުފާ ދެއްވާފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުން ބެލުމަށްފަހު މަޖިލީހަށް ޝަރީފް ދޮގު މައުލޫމާތު ހިއްސާކުރެއްވި ކަމަށް ތުހުމަތުކޮށް އޭނާގެ މައްސަލައެއް މަޖިލީހުން ޕޮލިހަށް ހުށަހަޅާފައި ވަނިކޮށެވެ. 

މަޖިލީހުގެ ތުހުމަތުތައް ޝަރީފް މީގެކުރިން ވަނީ ދޮގުކުރައްވާފަ އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާގައި ޝަރީފް މީގެ ކުރިން ވަނީ ހެކިބަސް ވެސް ދީފަ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް