ads
ފަތުރުވެރިންތަކެއް——
ހެދުނު ގޯހެއްގެ ސަބަބުން ގްރީން ޓެކްސް ނެގުން ހުއްޓިއްޖެ
ސަރުކާރުން ޓޫރިޒަމާއި ބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ޖެހިފައިވާ ތާރީހެއްގެ ސަބަބުން ގްރީން ޓެކްސް ނެގުން ހުއްޓިއްޖެ އެވެ.

މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ޓޫރިޒަމާއި ބެހޭ ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގައި ވާގޮތުން ގްރީން ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ، އަންނަ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެނެނެވެ. މި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުން ޖޫން މަހުގެ 30 ވަނަ ދުވަހު ފާސްކުރި އިސްލާހެކެވެ. 

މި އިސްލާހުގެ މައިގަނޑު ބޭނުމަކީ، ރިސޯޓު ތަކުން ނަގަމުން އައި ގްރީން ޓެކްސް، ރާއްޖޭގައި ހިންގަމުން އަންނަ ހޮޓާ ތަކާއި ގެސްޓް ހައުސްތަކުން ވެސް ނަގަން ފެށުމެވެ. 

މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ގްރީން ޓެކްސް ދައްކަން ޖެހޭ އިރު، ރައީސް ސޯލިހު ތަސްދީގު ކުރެއްވި އިސްލާހުގެ ސަބަބުން 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނަގަމުން އައި ގްރީން ޓެކްސް ނުނެގޭނެ ކަމަށް "ސީއެންއެމް" އަށް މައުލޫމާތު ދިން މީރާގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. 

"ސީއެންއެމް" އަށް މައުލޫމާތު ދިން މީރާގެ އޮފިޝަލަކު ވިދާޅުވީ، ގާނޫނުގައި ވާގޮތުގެ މަތިން ގްރީން ޓެކްސް ނެގުމުގެ ފުރުސަތު މިހާރު މީރާއަށް ބަންދުވެފައި ވާކަމަށާއި، މީރާއިން އަމަލުކުރަމުން ދާނީ ގާނޫނުގައި ވާގޮތުގެ މަތިން ކަމަށެވެ. އަދި ގާނޫނުގައި މިހާރު އޮތީ ކުރިން ނަގަމުން އައި ގްރީން ޓެކްސް އަންނަ އަހަރުން ފެށިގެން ނަގަން ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ. 

މިކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވާއިރު، ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވަނީ، ވީހާވެސް އަވަހަށް ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. 

ގްރީން ޓެކްސްގެ ގޮތުގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ހަ ޑޮލަރު ދައްކަން ޖެހޭނެ އެވެ. މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް މީރާއިން ވަނީ، 547 މިިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ކަމަށް މީގެ ކުރިން ބުނެފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، 27 އިންސައްތައިގެ ކުރިއެރުމެކެވެ. މީރާއަށް މިދިޔަ އަހަރުގެ މިމުއްދަތުގެ ތެރޭ ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ، 398 މިލިއަން ރުފިޔާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް