ads
ހިންދީ ދަސްކޮށްދޭ އިސްތިހާރެއް
ހިންދީ ބަސް ދަސްކުރަން ފުރުސަތެއް
މާލޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުގެ އިންޑިޔައަން ކަލްޗަރަލް ސެންޓަރުން އިންތިޒާމްކޮށްގެން ހިންދީ ބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފެށުމަށް ތައްޔާރު ވެއްޖެއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދަން ރާވާފައިވާ މި ޕްރޮގްރާމަކީ، ތިން މަސް ދުވަހުގެ ޕްރޮގްރާމެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އިންދިރާ ގާންދާ ނޭޝަނަލް އޯޕަން ޔުނިވަސިޓީ އަދި ސެންޓްރަލް ހިންދީ ޑައިރެކްޓަރޭޓް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ފެށޭނީ އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕްރޮގްރާމްގައި އޮންލައިންކޮށް ސައުވީސް ކްލާސް ނަގައިދޭނެއެވެ.

ރާއްޖޭގައި ހުންނަ އިންޑީޔާ އެމްބަސީގެ އިންޑިޔަން ކަލްޗަރަލް ސެންޓަރުން އިސްނަގައިގެން ހިންދީ ބަސް ދަސްކޮށްދޭ ކްލާހެއް ފަށަން ތައްޔާރުވާއިރު، ހިންދީ ބަހަކީ ދިވެހިންގެ މެދުގައި މަގުބޫލު ބަހެކެވެ. ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ހިންދީ ފިލްމުތައް އާއްމުވެފައިވުމުން، ހިންދީ ބަހުން ވާހަކަ ދައްކަން އެނގޭ ވަރަށް ގިނަ ދިވެހިން އުޅެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް