ads
އާސްކް ސްޕީކާގައި ނަޝީދު ވާހަަކަދައްކަވަނީ
ރެސްޓޯރެންޓެއްގައި އިންނަވަނިކޮށް ރައީސް ނަޝީދު ގެ ފޯނު ފޭރިގަނެއްޖެ
ރެސްޓޯރެންޓެއްގައި އިންނަވަނިކޮށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެ ފޯނު ފޭރިގަނެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ރެސްޓޯރެންޓް ތެރޭ އިންނަވަނިކޮށް އެތަނަށް ވަން މީހަކު ވަނީ އެމަނިކުފާނުގެ ފޯނު ޖަހައިގަނެގެން ގޮސްފަ އެވެ. 

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ. 

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ރައީސް ނަޝީދު މަޖިލީސް ވަޓްސްއެޕް ގްރޫޕުން ވަގުތީ ގޮތުން ބޭރު ކުރައްވާފަ އެވެ.

ރައީސް ނަޝީދު ގެ ފޯނު ފޭރިގަނެފައިވާ އިރު އެމަނިކުފާނު ވަނީ ދާދިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިނޭ ކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއް އެމަނިކުފާނަށް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް