ads
ސްނެޕްޗެޓް އެޕްލިކޭޝަން
ސްނެޕްޗެޓް ވީޑިއޯ ބޭނުންކޮށްގެން ފިރިހެނުން ބްލެކްމެއިލް ކުރި މީހަކު ހައްޔަރުކޮށްފި
އޮޅުވާލައިގެން ސްނެޕް ޗެޓުން ހޯދި ބަރަހަނާ ވީޑިއޯތަކެއް ލީކުކޮށްލާނެ ކަމަށް ބުނެ ބްލެކްމެއިލް ކުރި މީހަކު ހައްޔަރުކުރަން ހައިކޯޓުން އަމުރުކޮށްފިއެވެ.

ހައިކޯޓުން މިގޮތަށް ހުކުމް ކުރީ އަންގާރަ ދުވަހުއެވެ. އެއީ މިދިޔަ މާޗް މަހު ސްނެޕް ޗެޓް ވީޑިއޯތަކެއް ބޭނުންކޮށްގެން އެހެން ފިރިހެނަކު ބްލެކް މެއިލް ކުރި ފިރިހެނެކެވެ. އޭނާގެ ފޯނުން އިތުރު ބައެއްގެ ބަރަހަނާ މަންޒަރު ހިމެނޭ ސްނެޕް ޗެޓް ސްކީން ރެކޯޑިންތަކެއް ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޕްރޮސިކިއުޓަ ޖެނެރަލް އޭނާގެ މައްޗަށް ބްލެކްމެއިލް ކުރުމުގެ ދައުވާ އާއި ފޭރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އަދި ޖިންސީ ގޯނާކުރުމުގެ ދައުވާ ކުރެ އެވެ.

ބްލެކްމެއިލް ކުރި މި މީހާ އެންމެ ފުރަތަމަ ހައްޔަރު ކުރުމަށް ފަހު ބަންދު ކުރީ ޝަރީއަތް ނިމެންދެނެވެ. އެކަމަކު ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލުމަށް ޕީޖީ ހައިކޯޓަށް މައްސަލަ ހުށަހެޅީއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް