ads
ހަނިމާދޫގެ މަގެއްގައި ތާރު އަޅާފައި
ހަނިމާދޫ މަގުތަކުގައި ތާރު އަޅައި ނިންމައިފި
ހދ. ހަނިމާދޫ މަގު ހެދުމުގެ ޕްރޮޖެކްޓުގެ ދަށުން، އެ ރަށު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.

އެމްޓީސީސީން ބުދަ ދުވަހު، އެ މަޝްރޫއާ ގުޅޭ ގޮތުން ބުނީ، ހަނިމާދޫގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްގެ އަގަކީ، ހަތްދިހަ ހަ މިލިއަން ރުފިޔާކަމަށެވެ. މި ޕްރޮޖެޖްޓްގެ ދަށުން ހަނިމާދޫގައި 46,466 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އަށާރަ މަގެވެ. މި މަގުތަކުގެ ދުވާރު ހެދުމުގެ މަސައްކަތް އަދި ނުނިމެއެވެ.

ހަނިމާދޫގެ މަގުތައް ހެދުމުގެ ޕްރޮޖެކްޓް ފަހުން ފެށިފައިވަނީ  ދެހާސް ނަވާރަވަނަ އަހަރުގެ މެއި މަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް