ފޭސްބުކްގައި ރޮޒޭނާ ކުރެއްވި ޕޯސްޓެއްގައި ރޭ ވިދާޅުވެފައިވަނީ، ރައީސް ނަޝީދުގެ ފޯނު ޖަހައިގަނެގެން ގެންދިޔުން އެއީ ގަރުނުގެ އެންމެ ބޮޑު ޖޯކު ކަމަށެވެ.
ރެސްޓޯރެންޓެއްގައި އިންނަވަނިކޮށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެ ފޯނު ފޭރިގަންކަމުގެ ހަބަރު އާއްމުވީ ރޭ އިރާކޮޅުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ރެސްޓޯރެންޓް ތެރޭ އިންނަވަނިކޮށް އެތަނަށް ވަން މީހަކު ވަނީ އެމަނިކުފާނުގެ ފޯނު ޖަހައިގަނެގެން ގޮސްފަ އެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި މިކަންވަނީ ރޭ އިރާކޮޅު ކަށަވަރުކޮށްދެއްވާފަ އެވެ.
މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ރައީސް ނަޝީދު މަޖިލީސް ވަޓްސްއެޕް ގްރޫޕުން ވަގުތީ ގޮތުން ބޭރު ކުރައްވާފަ އެވެ.