އިންޑިޔާ އަދި ބަންގަލަދޭޝްގެ ކޯޗުން ސާފް ޓްރޮފީއާއެކު
ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދިޔުމަކީ ބޮޑު މޯޓިވޭޝަނެއް
Share
ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ފުރުސަތު ލިބުމަކީ އަބަދުވެސް ބޮޑު ހިތްވަރެއް ލިބޭ ކަމެއް ކަމަށާއި، މާދަމާގެ ފައިނަލް މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އިންޑިޔާގެ ވިހި އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ޝަންމުގަމް ބުނެފިއެވެ.
Advertisement

ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި މާދަމާ އިންޑިޔާ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި ދެ ޓީމު މުބާރާތުގެ ލީގު ބުރުގައި ކުޅުނު މެޗު ކާމިޔާބުކުރީ ބަންގްލަދޭޝްއެވެ. މުބާރާތުގެ ފައިނަލް މެޗުގެ ޕްރީމެޗް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން، ވެންކަޓޭޝް ބުނީ، ފައިނަލްގައި ކުޅުމަކީ އަބަދުވެސް ބޮޑު ހިތްވަރެއް ކަމަށެވެ.

ވެންކަޓޭޝްވަނީ ކުޅުންތެރިއެއްގެ ގޮތުގައި ސީނިއަރ ގައުމީ ޓީމާއެކު ތިން ފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އަދި ކޯޗިން ސްޓާފެއްގެ ގޮތުގައި ދެ ފަހަރު، އިންޑިޔާގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި އޭނާ ސާފް ކާމިޔާބުކުރިއެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހިމެނެއެވެ. އިންޑިޔާގެ ކޯޗު ސަސްޕެންޑްކޮށްފައި ހުރުމުން އެ މުބާރާތުގައި ރާއްޖެއާ އިންޑިޔާ ކުޅުނު މެޗުގައި އިންޑިޔާއަށް ކޯޗު ކޮށްދިނީ ވެންކަޓޭޝްއެވެ. އެ މެޗުން އިންޑިޔާވަނީ ތިން ލަނޑު އެއް ލަނޑުން މޮޅުވެފައެވެ.

އަނެއްކޮޅުން، ގްރޫޕް ސްޓޭޖުގައި އިންޑީޔާގެ މައްޗަށް ކުރި ހޯދި ބަންގްލަދޭޝްގެ ކޯޗު ޕޯލް ތޯމަސް ބުނީ، އިންޑިޔާ ޓީމުގެ ބަލިފައިތައް ރަނގަޅަށް ދަސްކޮށްފައިވާ ކަމަށެވެ.

އަހަރެންނަށް އެ ޓީމުގެ ބަލިފައިތައް އަދި އެ ޓީމުގެ ވަރުގަދަކަންވެސް އެނގޭ. އަހަރެމެންނެކޭ އެއް ގޮތަށް އަހަރުމެންގެ ބަލިފައިވެސް އެ މީހުންނަށް އެނގޭނެކަން އަހަރެންނަށް އެނގޭ. ގްރޫޕް ސްޓޭޖުގައި މޮޅުވެފައި އޮތުމަކުން އެކަމުން ފައިނަލުގައި ކުރާނެ އަސަރެއް ނެތް. އެކަމަކު އެއީ އިތުރު ހިއްވަރެއް.

މި މުބާރާތުގައި ރާއްޖެ މި މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުވެއެވެ. ރާއްޖެއަށް ހަތަރު މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. އެއީ ލަންކާއާ ކުޅުނު މެޗުންނެވެ. ލަންކާ މެޗުގައި ރާއްޖޭން މޮޅުވާން ދަނިކޮށް ލަންކާއިން އެއްވަރު ކުރީ ފަހު ވަގުތުކޮޅުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް