ރާއްޖެ ސަރަހައްދުން ފެނުނު ބޭރުގެ މަސް ބޯޓު -- ފޮޓޯ: އެމްއެންޑީއެފް
ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާ!
Share
ބޭރުގެ އުޅަނދު ފަހަރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމާއިބެހޭ ގާނޫނުގެ ގަވައިދަށް އިސްލާހުތަކެއް ގެނެސް ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފި އެވެ.
Advertisement

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ ގައުމުތަކުގެ މަސްވެރިން މަސްވެރިކަން ކުރުން ހުއްޓުވުމާއި ބެހޭ ގާނޫނަށް އިތުރު ކޮށްފައިވަނީ ބޭރުގެ މަސްވެރި އުޅަނދު ފަހަރު ތަކުން ރިޕޯޓްކުރުމެއް ނެތި ގާނޫނާ ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުމާއިބެހޭ ގަވައިދެވެ. 

މިގަވައިދުގައި ބުނެފައި ވަނީ ދިވެހިރާޢްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަންނަން މަސައްކަތް ކުރާ ބޭރުގެ އުޅަނދެއް ނަމަ ފުތަމަ ފަހަރަށް ޖޫރިމަނާގެ ގޮތުގައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ. 

ރާޢްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދައަކާއި ނުލައި ވަދެފިނަމަ ނުވަތަ ކަނޑުގެ ސަރަހައްދު ހުރަސްކޮށްފިނަމަވެސް ޖޫރިމަނާގެ ގޮތުގައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ. 

your imageގަވައިދާ ހިލާފަށް ބޭރުގެ ބޯޓެއް މަސްވެރިކަން ކުރާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ.. 

އަދި މިގަވައިދުގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށްޓަކައި ހުއްދައަށް އެދޭ ފަރާތަކުން ރާޢްޖޭގެ ކަމާއިބެހޭ މުއައްސަސާ ތަކަށް ދޮގު މައުލޫމާތު ދިން ކަން އެނގިއްޖެނަމަ ވެސް އެފަރާތެއް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ. 

މިގަވައިދުގައި ބުނެފައި ވަނީ ރާޢްޖޭގެ ކަނޑުގެ ސަރަހައްދަކަށް ވަދެ ގަވައިދާ ހިލާފަށް ރާޢްޖޭގެ ސަރުކާރުންވެސް މަނާ ކޮށްފައިވާ މަސްވެރިކަމުގެ ބާވަތެއް ހިފިކަން އެނގިއްޖެނަމަ އެފަރާތެއް ދެ މިލިއަން ރުފިޔާ އާއި ސާޅީސް މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ.

ޖޫރިމަނާ ކުރެވޭ މިފައިސާ ތައް ޖޫރިމަނާ ކުރާ ތާރީހުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށްވެސް ވަނީ ގަވައިދުގައި ބުނެފަ އެވެ. 

your imageގަވައިދާ ހިލާފަށް ބޭރުގެ ބޯޓެއް މަސްވެރިކަން ކުރަން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ..

އިއްޔެ އާންމު ކުރި މިގަވައިދުގައި ވަނީ ސިފައިންގެ ކޯސްޓުގާޑުގެ ތަމްފީޒީ އޮފިސަރުން ހިފެހެއްޓުމަށްފަހު ފުލުހުންނާއި ހަވާލުކުރާ އުޅަނދެއްގެ މައްސަލަ ބަލައި ނިމެންދެން ނުވަތަ އެ އުޅަނދަކަށް އިދާރީ ފިޔަވަޅެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ ދައްކައި ހަލާސްކުރުމާއި ހަމައަށް އެއުޅަނދެއް އޮންނަން ޖެހޭނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. 

މަސްވެރިކަމުގެ ގަވައިދާއި ހިލާފުވި ކަމުގެ ތުހުމަތުގައި ސިފައިްނގެ ކޯސްޓްގާޑުގެ ތަމްފީޒީ އޮފިސަރުން ބޭރުގެ މަސްވެރި އުޅަނދެއް ހިފަހައްޓައިފިނަމަ އެއުޅަދަނަކަށް އެރުމުގައި އަމަލުކުރަން ވާނީ ފުލުހުންގެ ތަފްފީޒީ އޮފިސަރުން ނުވަތަ ދިވެހި ސިފައިންގެ ތަމްފީޒީ އޮފިސަރުން ކަމަށެވެ. 

މިގަވައިދުގައި ބުނެފައި ވަނީ އެފަދަ އުޅަނދެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަކަށް ގަވައިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރި ކަމުގައިވިނަމަވެސް މަސްވެރިކަމުގެ އެއްވެސް އެއްޗެއް ވުއްކުމަކީވެސް މަނާ ކަމެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް