ads
ފޮޓޯ: އެސްޓީއޯ
އެސްޓީއޯއިން ޓަޗްލެސް ލިފްޓު ރާއްޖެއަށް ތައާރަފް ކޮށްފި
ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ޓަޗްލެސް ލިފްޓު ތައާރަފްކޮށް، ބޭނުން ކުރަން ފަށައިފި އެވެ.

ކޯނޭ ބްރޭންޑުގެ މި ލިފްޓު މިހާރު ވަނީ، އެސްޓީއޯގެ ޓްރޭޑް ސެންޓަރުގައި ހަރުކޮށްފަ އެވެ. 

އެސްޓީއޯއިން މިކަމާއި ގުޅިގެން ބުނެފައިވަނީ، ކޯނޭ ބްރޭންޑުގެ ޓަޗްލެސް ލިފްޓުގެ ހަރުކުރެވިފައިވާ ސިގްނަލައިޒޭޝަންގެ ސަބަބުން ލިފްޓުގެ ބައިތަކުގައި އަތްލާން ޖެހޭ މިންވަރު މަދުކުރެވިގެން ދާނެ ކަމަށެވެ. 

އަދި މިކަމުގެ ސަބަބުން ލިފްޓު ބޭނުންކުރާ ފަރާތްތަކަށް އިތުރު ރައްކާތެރި ކަމެއް ލިބިގެން ދާނެ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. 

"ރެޑް ޑޮޓް ޑިޒައިން" އެވޯޑް ހާސިލް ކޮށްފައިވާ ކޯނޭ ބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓިބިއުޓަރަކީ އެސްޓީއޯ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް