އިންޑިޔާ - ބަންގްލަދޭޝް މެޗުގެ ތެރެއިން
ސާފް ޗެމްޕިއަންޝިޕްގެ ތަށި އިންޑިޔާއަށް
Share
ބަންގްލަދޭޝް ބަލިކޮށް ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި އިންޑިޔާއިން ހޯދައިފިއެވެ.
Advertisement

މިރޭ އިންޑިޔާގައި ކުޅުނު މި މެޗުން އިންޑިޔާ މޮޅުވީ ފަސް ލަނޑު ދެ ލަނޑުންނެވެ. ފޯރިގަދަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ލަނޑު ދެ ލަނޑުން ދެ ޓީމު އެއްވަރުވެފައިވުމުން ޖެހުނީ އިތުރު ވަގުތު ކުޅޭށެެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ތެރޭގައި އިންޑިޔާއިންވަނީ ފުލުފުލުގައި ތިން ލަނޑު ޖަހާފައެވެ. މި ދެ ޓީމު މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން މޮޅުވީ ބަންގްލަދޭޝްއެވެ. 

ޔޫތު ސާފް ޗެމްޕިއަންޝިޕުގެ މި އަހަރުގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަންއަކީވެސް އިންޑިޔާއެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް