އެމްއެންޕީގެ ވޯޓުލުން ފަށައިގެން ކުރިއަށްދަނީ.. ފޮޓޯ އެމްއެންޕީ
އެމްއެންޕީގެ ބޮޑު އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި
Share
މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)ގެ ގައުމީ ހިންގާ ކައުންސިލްގެ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.
Advertisement

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އެމްއެންޕީ ގެ ތަރުޖަމާން ސިދާތާ ޝަރީފް ވިދާޅުވީ، މިއަދު ކުރިއަށްދަނީ ޕާޓީގެ މަގާމުތަކަށް މެންބަރުން އައްޔަން ކުރުމުގެ އިންތިހާބު ކަމަށެވެ. 

ސިދާތާ ވިދާޅުވީ މިއަދު ބާއްވާ އިންތިހާބުގައި ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސާ އަކާއި، ޒުވާނުންގެ ގޮފީގެ ރައީސްގެ މަގާމުގެ އިތުރުން ދާއިރާތަކުގެ ރައީސް ކަމަުގެ މަގާމާއި ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ވޯޓުލުން ކުރިއަށްދާ ކަމަށެވެ. 

މިއަދުގެ ވޯޓުލުން ކުރިއަށް ގެންދަނީ މާލެ އާއި އަތޮޅުތެރޭގެ އެމްއެންޕީގެ ގޮފިތަކުގަ އެވެ. ވޯޓުލުން ކުރިއަށް ގެންދަން ހަމަަޖެހިފައިވަނީ ހެނދުނު 09:00 ފެށިގެން ހަވީރު 16:00 އަށެވެ.

އިންތިހާބުގެ ވޯޓު ފޮށިތަށް ބަހައްޓާފައިވަނީ ޕާޓީގެ 50 މެންބަރުން ހަމަވާ ރަށްރަށުގަ އެވެ. އެގޮތުން 54 ރަށެއްގައި ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. ސިދާތާ ވިދާޅުވީ މި އިންތިހާބުގައި ވޯޓުލުން ކުރިއަށްދަނީ ވޯޓު ކަރުދާސް ބޭނުންކޮށްގެން ކަމަށެވެ.

ވޯޓުލުން ބާއްވަނީ އިންތިހާބުތަކާއިބެހޭ އާންމު އުސޫލުގެ ތެރެއިން މަގާމުތަކަށް ކުރިމަތިލި ފަރާތްތަކުގެ މެދުގައި އެކަކަށްވުރެ ގިނަ ފަރާތްތަކެއް އެ މަގާމަކަށް ކުރިމަތިލާފައިވާ މަގާމުތަކަށް އެކަނި އެވެ. 

އެކަކަށްވުރެ ގިނަ މީހުން ވާދަކުރަން ކުރިމަތިލީ މަގާމުތަކުގެ ވޯޓުލުން އޮންނާނީ އަބަދުވެސް. މިއަދު އަންހެނުންގެ ވިންގުގެ ރައީސާ އާއި، ޔީތު ވިންގުގެ ރައީސާ އާއި، ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިންތިހާބު މި އޮތީ

ސިދާތާ މިއަދު ވިދާޅުވީ އެޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި މިވަގުތުވެސް ކުރިއަށްގެންދާ ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގަިއވެސް ޕާޓީން ވާދަކުރައްވާނެ ކަމަށެވެ. 

އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިވަގުތު އެމްއެންޕީގެ މެންބަރުން ގެ އަދަދު އުޅެނީ 8000 މެންބަރުންނަށްވުރެ މަތީގައި ކަމަށް ސިދާތާ ވިދާޅުވި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް