ads
އަކްޝޭ އާއިލާއެކު
ފައިސާ ބޭނުމަަސް ދިރިއުޅުމުގެ ހުރިހާ ވަގުތެއް މަސައްކަތައް ހުހެއް ނުކުރެވޭނެ
ނުވަދިހައިގެ އަހަރުތަކުން ފެށިގެން މިއަދާއި ހަމަޔަށްވެސް ބޮލީވުޑުން ނަން ފަޑުވެގެން ނުދާ އެކްޓަރުންގެ ތެެރޭގައި އަކްޝޭ ކުމުރާގެ ނަން ހިމެނެ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން އޭނާ އަކީ މޮޅު އެކްޓަރެއްގެ އިތުރުން މަސައްކަތައް ކަމޭހިތާ މީހެކެވެ.

ނަމަވެސް އޭނާގެ ފިލްމުތައް ޕްރޮމޯޓުކުރުމުގައި މާބޮޑު ސަމާލުކަމެއް ނުދިނުމާއި، ލަހުން ފިލުމުތަކުގެ އެނައުސްމެންޓުތައް ހާމަކުރާކަމަށް ބުނެ ގިނަބަޔަކު އަންނަނީ، އަކްޝޭ މަސައްކަތައް ފަރުވާތެރި ނޫންކަމާއި ޒިންމާދާރުކަން ކުޑަކަމަށް ބުނެ ފާޑުކިޔުން އަމާޒުކުރަމުން ނެވެ.

ބައެއް އެކްޓަރުން ބުނާގޮތުގައި އަކްޝޭ އަކީ ފިލްމީ އިންޑަސްޓްރީގައި އެންމެ ގިނައިން ޗުއްޓީ ނަގާ އެއް އެކްޓަރެވެ. ހޮނިހިރު އަދި އާދިއްތަ ދުވަހު އަކްޝޭ މަސައްކަތެއް ނުކުރާނެ އެވެ. އަދި އެހެން ދުވަސްތަކުގައި އޭނާގެ މަސައްކަތުގެ ގަޑިއިރުގެ ގޮތުގައި ދެނީ ހަމައެކަނި އަށް ގަޑިއިރެވެ. އެއަށްވުރެ އިތުރަަށް އަކްޝޭ އެއްވެސް މަސައްކަތެއް ނުކުރާނެ އެވެ. ނަމަވެސް ފިލްމީ އިންޑަސްޓްރީގައި އޭނާ ހޭދަކުރި އަހަރުތަކުގެ ތެރޭގައި މަސައްކަތުގެ ދުވަސްތަކުގައި އަށް ގަޑިއިރު ވަންދެން މަސައްކަތް ކުރާއިރު އަކްޝޭ މުޅި އަށްގަޑިއިރު ހޭދަކޮށްފަވަނީ ފިލްމު ސެޓުގައި މަސައްކަތުގައި ކަމަށާއި، އެހެން ތަރިން ގޮތަށް ވެނިޓީ ވޭން ގައި ދުވަހަކުވެސް މަސައްކަތް ފެށުމަށްފަހު ނީންނާނެ ކަމަށް އަކްޝޭ އާއިއެކު މަސައްކަތްކުރި ތަރިން  ބުނެފަވެ އެވެ. 

އޭނާގެ މަސައްކަތުގެ ސްޓައިލް ދިފާއުކޮށް އަކްޝޭ ބުނެފައިވަނީ، އޭނާގެ މަސައްކަތުގައި ގަވާއިދުތަކެއް އޮންނަ ކަމަށާއި، އެ ގަވާއިދުތައް ފަހަނައަޅާ ފިލުމުތަކުގެ މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި އޭނާ މަސައްކަތައް ދޭ އެ އަށްގަޑިއިރަކީ އެހެންތަރިން ބްރޭކްތަކާއިއެކު ހޭދަކުރާ 14، ނުވަތަ 15 ގަޑިއިރާއި ނުބައްދަލު ވަގުތުތަކެއް ކަމަށް ބުނެފަވެ އެވެ. އެއީ އޭނާ މަސައްކަތައް ދޭ އަހްމިޔަތުކަން ކަމަށާއި، ފައިސާ ބޭނުންވިޔަސް މުޅި ދިރިއުޅުމުގެ ހުރިހާ ވަގުތެއް މަސަައްކަތައް ހުސްނުކުރާނެ ކަމަށް އޭނާ ބުންޏެވެ. 

އަކްޝޭ އަކީ "ދުޅަހެޔޮ ދިރިއުޅުމަކަށް" ލޯބިކުރާ ތަރިއެކެވެ. ގިނަ ތަރިން އޭނާ ސިފަކުރަނީވެސް "ހެލްތު މިނިސްޓަރު" ގެ ގޮތުގަ އެވެ. އެއީ އޭނާ ސިއްްހަތާއި ދިރިއުޅުމުގައި ގެންގުޅޭ ރީތި އާދަތަކުގެ ސަބަބުން ނެވެ. އެގޮތުން ސިގިރޭޓުބުއިމާއި، ރާފަދަ ސިއްހަތައް ގެއްލުންވާ ބާވަތުގެ ތަކެތި އޭނާ ދުވަހަކުވެސް ބޭނުން ނުކުރާ ކަމަށް ގިނަ ތަރިން ބުނެ އެވެ. އަދި އަވަހަށް ނިދުމަށްފަހު ފަތިހު ހޭލުމުގެ ރީތި އާދައާއި، ފަތިހު ހިނގާލަން ނިކުތުމާއި އާއިލާއަށް ވަގުތު ހުސްކުރުމަށް އަކްޝޭ ލޯބިކުރެ އެެވެ. 

އަށް ގަޑިއިރަށްވުރެ ގިނައިރު އޭނާ މަސައްކަތް ނުކުރަނީވެސް ދުޅަ ހެޔޮ ދިރިއުޅުމާއި އާއިލާއަށް ވަގުތު ހުސްކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭތީ ކަމަށް އޭނާ ބުނެ އެވެ. 

އަކްޝޭ ގެ މި މަސައްކަތުގެ ސްޓެއިލުން ހިތްވަރުލިބިގެން އެތައް ތަރިންނެއްް އެމީހުންގެ މަސައްކަތުގެ ސްޓައިލު މިގޮތަށް ބަދަލުކޮށްފައިވެސް ވެއެވެ. އަކްޝޭ ދަނީ ފިލުމަކަށް ފަހު ފިލުމެއްގެ މަސައްކަތް ކުރަމުން ނެވެ. އަދި މިފަހުން ނިކުން އޭނާގެ ގިނަ ފިލުމުތަކަކީ ބްލޮކްބާސްޓަ ފިލުމުތަކެވެ.

21%
ކަމުގޮސްފި
74%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް