ads
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއެކު ޑރ މުހައްމަދު ޖަމީލް އަހުމަދު--ފޮޓޯ: ސަން
ޑރ. ޖަމީލް ޖޭޕީން ވަކިވެވަޑައިގެންފި
ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރުކަމުން ވަކިވެވަޑައިގެންފި އެވެ.

ޑރ. ޖަމީލް މިއަދު ސީއެންއެމްއަށް ވިދާޅުވީ، ޖޭޕީގެ މެމްބަރުކަމުން ވަކިވެވަޑައިގަތުމަށް ނިންމަވައި، އެކަން އިއްޔެ އެޕާޓީއަށް އަންގަވާފައިވާނެ ކަމަށެވެ. 

އެގޮތުން ވިދާޅުވީ އެ ނިންމެވުން ނިންމެވީ، މިވަގުތު ކުރަން ބޭނުންވާ ސިޔާސީ މަސައްކަތް އެޕާޓީގައި ހުންނަވައިގެން ކުރުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ ދިހަ ވަނަ ދުވަހު، ޔާމީނުގެ ފުރަތަމަ ނައިބު ރައީސެއްގެ ގޮތުގައި ހުންނެވި ޖަމީލް ޖޭޕީއަށް ގުޅިވަޑައިގަތީ ޖަރުމަނުގައި އޮތް ރަސްމިއްޔާތެއްގަ އެވެ. 

ނައިބު ރައީސްގެ މަގާމުން ޖަމީލް ވަކި ކުރެއްވުމާ ގުޅިގެން ޔާމީނާއި ޖަމީލާ ދެމެދު މައްސަލަ ޖެހުނެވެ. އެއަށްފަހު ޖަމީލު ހުންނެވީ އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގަ އެވެ. އެނބުރި ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުން ޔާމީނަށް ނާކާމިޔާބުވެ ވަޑައިގެންނެވުމުންނެވެ.

މިއަހަރުގެ ކައުންސިލު އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން، މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅު، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަށް ތާއީދު އިތުރު ކުރުމަށް، އެ ޕާޓީގެ ލީޑަރު ރައީސް ޔާމީނާއެކު ޖަމީލް ވަނީ ރަށްތަކަށް ވެސް ދަތުރު ކުރައްވާފަ އެވެ. 

އެ ދަތުރާ ގުޅިގެން ވެސް ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ އެމަނިކުފާނުގެ ފަރާތުން ވަކާލާތުކުރާ ގާނޫނީ ވަކީލުންގެ ޓީމްގައި ވެސް ޖަމީލް ހިމެނިވަޑައިގަންނަވަ އެވެ.

31%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް