ads
ކްރައިމް ސީންގައި ފުލުހުން ހަރަކާތްތެރިވަނީ
މާލޭ ގެއެއްތެރޭ އަންހެނަކު އަނިޔާވެރިކޮށް މަރާލައިފި
ހެންވޭރު ޗީބޯ ރެސްޓޯރަންޓް ގޯޅިތެރޭގައި ހުރި ގެއެއްތެރޭ އަންހެނަކު އަނިޔާވެރިކޮށް މަރާލައިފި އެވެ.

އަންހެންމީހާ މަރާލާފައި އޮއްވާ ފެނިފައިވަނީ ހ. ޝީރީންވިލާ އިން ނެވެ. އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާއިރު، މިމަރާއި ގުޅިގެން އެ ސަރަހައްދުން ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ގެއެއްގައި ޒަހަމުތަކާއިއެކު އަންހެނަކު މަރާލާފަވާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށް ފުލުހުން ބުނި ނަމަވެސް އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

your imageސީންގައި ފުލުހުން ހަރަކާތްތެރިވަނީ——ފޮޓޯ:ސީއެންއެމް

މައުލޫމާތު ލިބެނީ އަންހެން މީހާ މަރާލާފައިވަނީ ހިނގި ހަމަނުޖެހުމެއްގައި އަންހެން މީހާގެ ކަރު ބުރިކޮށްލާގެން ކަމަށެވެ. ނަމަވެސް މިކަން އަދި ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ.

17%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
58%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް