ads
ސީޕްލޭން ޓާމިނަލް ކުއްޔަށްދޫކުރުމުގެ މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ބޭފުންނާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ބައްދަލުކުރުން--
ޓީއެމްއޭއަށް ޖާގަ ދޭނެ ވަރު އެމްއޭސީއެލްގެ ބޯޑަކުން މަޝްވަރާއެއް ނުކުރޭ!
ސީޕްލޭން ޓާމިނަލުން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ޖާގަ ދޭނެ މިންވަރު އެމްއޭސީއެލުގެ ބޯޑުގައި އެއްވެސް މަޝްވަރާއެއްކޮށްފައި ނުވާނެ ކަމަށް ބޯޑުގެ އެއް މެމްބަރު ޑރ. އިބްރާހިމް މަހްފޫޒު މިއަދު މާލިއްޔަތު ކޮމިޓީގައި ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެމްއޭސީއެލުން އިމާރާތްކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ޖާގަ ދޭނެ މިންވަރާއި މުއްދަތާ މެދު ވެސް ބޯޑުގައި އެއްވެސް މަޝްވަރާއެއް ނުކުރެވޭ ކަމަށް މަހްފޫޒު ވިދާޅުވިއިރު އެމްއޭސީއެލުން ޓީއެމްއޭއަށް ފޮނުވި ސިޓީގައި ވަނީ އާ ޓާމިނަލުން ޓީއެމްއޭއަށް 10.35 ޑޮލަރު އަކަފޫޓަކަށް ޖެހޭ ގޮތަށް 31،000 އަކަމީޓަރުގެ ޖާގަ ދޭން އެމްއޭސީއެލްގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.  

އެގޮތަށް އެމްއޭސީއެލުގެ ބޯޑުން ބުނާއިރު ޓީއެމްއޭއަށް އެ ކުންފުނިން ފޮނިވި ސިޓީތަކުގައި ވަނީ ޖެނެރަލް މެނޭޖަރު، ހުސެއިން ފަޒީލް ސޮއި ވެސް ކުރައްވާފަ އެވެ.

މިހެންވެ، މާލިއްޔަތު ކޮމިޓީގައި ބައެއް މެމްބަރުން ވަނީ އެ ހިފައިގެން އާބިޓްރޭޝަނަށް ހިނގައްޖެ ނަމަ، އަނެއްކާވެސް ބޮޑު ބަދަލެއް ދައުލަތުން ދަައްކަން ޖެހޭނެތޯ ސުވާލު އުފައްދަވާފަ އެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމްއޭސީއެލްގެ ވަކީލް މަޒުލާން ރަޝީދު ވިދާޅުވީ އެކަމުގައި ގާނޫނީ ޕޮއިންޓެއް ނެގުމުގެ ފުރުސަތު އޮތް ނަމަވެސް އާބިޓްރޭޝަން ފަދަ ކަމެއްގައި ވަރަށް ގިނަ ކަންކަަމަށް ބަލާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް