ads
ދީބާނާޒްއާ ފަނޑިޔާރުކަމުގެ ފަތްކޮޅު ހަވާލުކުރަނީ
ދީބާނާޒް އެންމެ ފަހުން ހައިކޯޓަށް
މިދިޔަ އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ ގާޒީންގެ ބެންޗުގެ ރިޔާސަތަށް ފަހުން އައްޔަން ކުރެއްވި ދީބާނާޒް ފަހުމީ، ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޕްރޮމޯޓްކޮށްފިއެވެ.

ޖޭއެސްސީން ހައިކޯޓުގެ ފަނޑިޔާރުކަމަށް ޕްރޮމޯޓް ކުރި ދީބާނާޒް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވައި ކުރެއްވީ މިއަދުއެވެ. ދީބާނާޒްއާއެކު މުހައްމަދު ސަލީމްވެސްވަނީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވައި މިއަދު ކުރައްވާފައެވެ. އަލަށް އައްޔަން ކުރެވުނު ދެ ފަނޑިޔާރުންނަށް ހުވައި ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސޫދުއެވެ. 

ދީބާނާޒާ އެކު ހައިކޯޓަށް މިއަދު ކަނޑައެޅުނު މުހައްމަދު ސަލީމަކީ ވޭތިވެދިޔަ ބާރަވަރަކަށް އަހަރު ހައިކޯޓުގެ ޝަރުއީ ސެކްޝަނުގައި އިސްކޮށް މަސައްކަތް ކުރެއްވި އެއް ލީގަލް އޮފިސަރެވެ. 

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މިއަދު ޕްރޮމޯޓް ކުރެވުނު ދީބާނާޒްއަކީ ކްރިމިނަލް ކޯޓަށް އައްޔަން ކުރެވުނު ފުރަތަމަ އަންހެން ފަނޑިޔާރެވެ. އޭނާ ކްރިމިނަލް ކޯޓަށް އައްޔަންކޮށްފައިވަނީ ދެހާސް ވިހިވަނަ އަހަރުގެ ފަހުކޮޅުއެވެ. ދީބާނާޒް ހައިކޯޓަށް އައްޔަން ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމުމާއި އެކު ބައެއް ފަރާތްތަކުންވަނީ ސޯޝަލް މީޑިއާގައި އެކަމަށް ފާޑު ކިޔާފައެވެ.

އަލްއުސްތާޒާ ދީބާނާޒް ފަހުމީއަކީ ގާނޫނީ ރޮނގުން ބެޗްލަރ އޮފް ލޯ (އޮނާސް) މެލޭޝިއާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ހާސިލް ކުރެއްވުމަށްފަހު، މާސްޓާ އޮފް ލޯ ނިއުޒިލެންޑްގެ ޔުނިވާސިޓީ އޮފް ކެންޓާބަރީއިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެބޭފުޅާއަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ 17 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އަދި ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމު 2020 ސެޕްޓެންބަރު ދެވަނަ ދުވަހުން ފެށިގެން އަދާކުރައްވަމުންދާ ބޭފުޅެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް