ads
މާލޭގެ މަގު ހެދުމުގެ ބޮޑު މަޝްރޫއު ފަށައިފި
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ މަޝްރޫއު "މާލެ ސިޓީ ސްޓްރީޓްސްކޭޕިންގ ޕްރޮޖެކްޓު"ގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކޮށްގެން ހިންގާ މި ބިޔަ މަޝްރޫއަކީ 462 މިލިއަން ރުފިޔާ ހަރަދުކޮއްގެން ހިންގާ މަޝްރޫއެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވިދާޅުވީ މުޅި މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. މަޝްްރޫއުގެ ފުރަތަމަ ފިޔަވަހި ކުރިއަށްގެންދާނީ މާފަންނު ކަނބައައިސާރަނި ހިނގުމުން ކަމަށެވެ. 

މި މަޝްރޫއު ނިމޭއިރު މާލޭގެ މަގުތައް ފަސް ބަޔަކަށް ބަހާލެވިގެން ދާނެވެ. އެއީ ސެކަންޑްރީ ރޯޑްސް، ނެއިބަހުޑް ސްޓްރީޓްސް އާޓީރިއަލް ރޯޑްސް، ސިޓީ ރޯޑްސް، އަދި ޕެޑެސްޓްރިއަން ސްޓްރީޓްސް އެވެ. މި މަގުތައް ހަދާނީ ފެނާއި ނަރުދަމާއި އަދި ކަރަންޓާއި ޑީވޯޓަރިން ފަދަ ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް މަގު ނުކޮނެ ފަސޭހައިން ގުޅުވާލެވޭނެ ގޮތަށް ކަމަށެވެ. 

މި މަޝްރޫއު ނިމިގެން ދާއިރު މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުވެ އަދި މަގުތަކުގައި އަލިފާން ނިއްވޭނެ ވަސީލަތްތަށް ގާއިމްވެގެން ދާނެ ކަމަށް އާރުޑީސީ އިން ބުނެެއެވެ. އަދި މީގެ އިތުރުން މަގުތަކުގެ ދޫވާރުތަށް ބޮޑުކޮށް ދޫވާރު ނެތް މަގު ތަކުގައި ދޫވާރު ހެދޭނެކަންވެސް އާރުޑީސީ އިން ފާހަގަކުރިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 26 ގައި އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރެވުނުއިރު މި އެއްބަސްވުގެ ދަށުން މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައާއި ޕާކިންގެ މައްސަލަ އަދި ހިނގާބިނގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ގާތްގަނޑަކަށް 416 މަގެއް ތަރައްގީ ކުރާނެ އެވެ. އެގޮތުން މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ ދެ އަހަރާއި ބައިގެ ތެރޭގައި ނިންމާ ގޮތަށެވެ.  

މިމަޝްރޫއު މާލޭގެ ވެސްޓް ޕާކް ސަރަހައްދުން ފަށާފައި މިވަނީ  ސަރަހައްދަކީ މުޅި މާލޭގެ އެންމެންނަށް ވެސް ވަރަށް އުނދަގޫވާ ސަރަހައްދެއް ކަމުން ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެ އެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 50.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޝިފާ ލަފާ ކުރައްވަ އެވެ.  

މާލޭގެ މަގުތަކުގައި އަޑިގުޑުންތައް ގިނަކަމުން ހިނގާބިނގާވެ އުޅުމަށާއި އުޅަނދު ފަހަރު ދުއްވުމަށް ވެސް އިންތިހާއަށް ދަތިވާތީ އެކަމުގެ ޝަކުވާ އާންމުން ކުރަމުން އަންނަތާ މިހާރު އެތައް އަހަރެއް ފާއިތުވެއްޖެ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް