ads
ޑެނިއެލް އެގާ ފޮޓޯ:---
ލިވަޕޫލް ސަޕޯޓަރުން އިންތިޒާމު ކުރާ ހަރަކާތަކަށް އެގާ ރާއްޖެ އަންނަނީ
"އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް" (އޯއެލްއެސްސީ) އިން ބާއްވާ ހާއްސަ އިވެންޓަކަށް ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން އަދި ޑެންމާކުގެ ޑިފެންޑަރު ޑެނިއަލް އެގާ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓެއްގައި ބައިވެރިވުމަށް އެގާ އަންނަ ހަފްތާގައި މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓާއި ބެހޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން އޯއެލްއެސްސީ އިން ބުނީ މި އިވެންޓުގައި މެމްބަރުންނަށް އެގާއާ ބައްދަލުކޮށް ފޮޓޯ ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. 

މިއީ ރާއްޖޭއަށް ނިސްބަތްވާ ސަޕޯޓަރުންގެ ގްރޫޕަކުން ކުރީގެ ކުޅުންތެރިއަކު ގެނެސްގެން އިވެންޓެއް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. 

ލިވަޕޫލް ސަޕޯޓާސް ކްލަބް ރާއްޖޭގައި ރަޖިސްޓްރީ ކުރީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޯއެލްއެސްސީ މޯލްޑިވްސްގެ ފަރާތުން އަންނަނީ ރާއްޖޭގެ ޒުވާނުންގެ މެދުގައި މަގުބޫލު ތަފާތު އެކި ހަރަކާތްތައް ރާވާ ހިންގަމުންނެވެ.

އެ ކްލަބުގެ ކާމިޔާބު ހަރަކާތްތަކުގެ ތެރޭގައި އެހެން ކްލަބްތަކުގެ ސަޕޯޓަރުންނަށް ހުޅުވާލައިގެން މިދިޔަ އަހަރުގެ ކުރީކޮޅު ބޭއްވި ފުޓްސަލް މުބާރާތް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އެ ކްލަބުން ދާދިފަހުން ވަނީ އޮފިޝަލް މެމްބަރޝިޕް އޮންނަ ސަޕޯޓަރުންނަށް "ކްލަބް 36" ކެފޭ އިން ހާއްސަ ޑިސްކައުންޓެއް ލިބޭ ގޮތަށް ހަމަޖައްސައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް