ads
ދައުވާކުރަން ފޮނުވި ތިން މީހުން----
އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި 3 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ބަގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލްމްގިރިއާއެކު، އިތުރު ދެމީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.

ޖިންސީ ކުށުގެ ގާނޫނާއި ގާނޫނުލްއުގޫބާތުގެ ދަށުން، ދައުވާކުރުމަށް ފީޖީ އޮފީހަށް ފުލުހުން ފޮނުވާފައިވަނީ އެކަމުގެ ތުހުމަތުގައި ހައްޔަރުކޮށް މިވަގުތު ބަންދުގައި ތިބި ތިން މީހެއްގެ މައްޗަށެވެ. އެއީ:

  1. އެމްޑީ އަލަމްގީރް
  2. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު
  3. ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު

މި ތިން މީހުންގެ މައްޗަށް ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާކަން ޕީޖީ އޮފީހުން "ސީއެންއެމް" އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. 

ލީކުވެގެން އުޅޭ ވީޑިއޯތަކާއި ގުޅިގެން އަލްމްގީރާއި، ނާޒިމް ސައްތާރާއި، ސާޖަންޓް އަބްދުއްރަހުމާން ރަފީއުގެ އިތުރުން، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު ވެސް ހައްޔަރުކުރި އެވެ. ނަމަވެސް ފުލުހުން އިއްޔެ ބުނީ އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ބަންދުގައި ތިބީ އެންމެ ތިން މީހުން ކަމަށެވެ. މިމައްސަލާގައި 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފަވާ ކަމަށްވެސް ވެއެވެ. 

އަލްމްގީރު ހައްޔަރުކޮށްފައިވަނީ، ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ، ގިނަ ބަޔަކު ބްލެކްމެއިލްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފަވެ އެވެ. އޭނާގެ ފޯނުން 200 އަށްވުރެ ގިނަ ދިވެހީންނާއިއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ފުލުހުން އަތުލާފައިވާ ކަމަށްވެސް ވެއެވެ. މި ވީޑިއޯތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، މެރިން ކޮޕްސްގައި މަސައްކަތް ކުރާ ސިފައިންގެ މީހަކާއި، ޓީޗަރުުންތަކެއް ސަސްޕެންޑްކޮށްފައިވާއިރު، ހޯމް މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ކަސްޓަމްސް ދެ މުވައްޒަފަކާއި، މަޖިލީހުގެ އިދާރީ މުވައްޒަފެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ވަރަށްފަހުން، ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު، އަލަމްގީރާއެކު ގުޅުން ހިންގާ ވީޑިއޯއެއްވެސް ވަނީ ލީކުވެފަ އެވެ. އޭނާ މިހާރު ވަނީ ފިލައިގެން ރާއްޖެ ބޭރަށް ގޮސްފަވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އަލްމްގިރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު، ޓިކްޓޮކް ތަރި މަރިޔަމް ޝިފާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެެއްވެސް ލީކުވި އެވެ. ނަމަވެސް އޭނާ މިހާތަނަށް ހައްޔަރުކޮށްފަ އެއް ނުވެ އެވެ. އަދި އޭނާ ހައްޔަރުނުކޮށް ހުންނަ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިއުންތައްވެސް ވަނީ ފުލުހުންނަށް އަމާޒުކޮށްފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް