ads
ކެޕިޓަލް ސިޓީ މިދިޔަ އަހަރު ތެރޭ
މެޗަށް ހާޒިރުނުވި ކެޕިޓަލް ސިޓީއަށް ބޮޑު ޖޫރިމަނާއެއް
މިހާރު ހިނގަމުންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ދެ މެޗަކަށް ހާޒިރުނުވި، ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބު އަށްޑިހަ ހާސް ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެފްއޭއެމުން މިއަދު ބުނި ގޮތުގައި ކެޕިޓަލް ސިޓީއަށް އައި ބޮޑު ޖޫރިމަނާއަކީ ދެ މެޗަށް ހާޒިރު ނުވެގެން އައި ޖޫރިމަނާއެކެވެ. އެއީ ޖުލައި މަހުގެ ތޭރަވަނަ ދުވަހު ކުޅެން އޮތް މެޗާއި، އޮގަސްޓް ހަވަނަ ދުވަހުގެ ރޭ ކުޅެން އޮތް މެޗެވެ. ޖުލައި މަހު އޮތް މެޗަށް ހާޒިރު ނުވެގެން ތިރީސް ހާސް ރުފިޔާއިން އެ ޓީމު ޖޫރިމަނާކުރިއިރު ފަހުން އޮތް މެޗަށް ހާޒިރު ނުވެގެން ކުރީ ފަންސާސް ހާސް ރުފިޔާގެ ޖުރިމަނާއެކެވެ.

ދެ މެޗަށް ހާޒިރު ނުވުމުން އަށްޑިހަ ހާސް ރުފިޔާގެ ޖޫރިމަނާއެއް ކެޕިޓަލް ސިޓީކޮށްފައިވާއިރު، މެޗަށް ހާޒިރުނުވި މައްސަލަ އިތުރަށް ބެލުމަށް އެ މައްސަލަ ޑިސިޕްލިނަރީ ކޮމިޓީއަށްވަނީ ފޮނުވާފައެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް