ads
އެޗްޑީސީއިން ދޮށީ އުމުރުގެ ބޭފުޅުންނަށް ހާއްސަ މަންސައެއް ބާއްވަނީ: ފޮޓޯ: އަވަސް
އެޗްޑީސީއިން ދޮށީ އުމުރުގެ ބޭފުޅުންނަށް ހާއްސަ މަންސައެއް ބާއްވަނީ
އުމުރުން ދޮށީ ބޭފުޅުންނަށް ހާއްސަކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "ދޮށީ އުމުރާއި ސިއްހަތު"ގެ ނަމުގައި ހާއްސަ މަންސައެއް ބާއްވަން ނިންމައިފި އެވެ.

އެޗްޑީސީއިން ބުނީ، އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަކޮށް ކުރިއަށް ގެންދަން ނިންމާފައިވާ މި ހާއްސަ މަންސަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 13 ވަނަ ދުވަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ "ހިޔާ ޕާކު" ގައި ކަމަށެވެ. 

މި މަންސަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އަންނަ ހޮނިހިރު ދުވަހުގެ ހަވަީރު 16:15 އިން ފެށިގެން 18:00 އަށް ކަމަށްވެސް އެޗްޑީސީއިން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އެޗްޑީސީއިން ބުނީ، މި ޕެނަލް ޑިސްކަޝަން ގައި ހަކުރުބަލި، ލޭމައްޗަށް ދިއުން، ކޮލެސްޓްރޯލް އަދި ކެއިންބުއިމުގެ އާދަތަކާއި، ކަސްރަތުގެ މުހިއްމު ކަމާއި، ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރުން ކުރިއަށް ދާނެ ކަމަށެވެ. 

އެޗްޑީސީއިން އިތުރަށް މައުލޫމާތު ދޭގޮތުގައި، މި ހަރަކާތުގެ އެންމެ ބޮޑު އެއް މަގުސަދަކީ އިސްރައްވެހިންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ސިއްހީ މައުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުން ކަމަށެވެ. 

އަދި މި ހަރަކާތް މަހަކު އެއް ފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށްވެސް އެޗްޑީސީއިން ވަނީ ބުނެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް