ads
ބަނގުލަދޭޝްގެ އެމްޑީ އަލަމްގިރި.. އޭނާ ވަނީ ދިވެހިންގެ ކިބައިން މާފަށް އެދިފަ.
އެއްޖިންސުން ގުޅުން ހިންގި މައްސަލަ ތަހުގީގު ކުރަނިކޮށް ފުރި މީހުން ހޯދަނީ
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމްގީރް އާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް ރާއްޖެ ދޫކޮށް ދިޔަ މީހުން ހޯދަން ފަށައިފި އެވެ.

އަލްމްގީރް އާއި އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ މައްސަލަ ފުލުހުން ބަލަމުން ދާއިރު، ލީކުވެފައިވާ ބައެއް ވީޑިއޯ ތަކުން ފެންނަ މީހުން ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފަ އެވެ. 

މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ، އެއްޖިންސުން ގުޅުން ހިންގި މީހުންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށިފަހުން އެ މައްސަލައިގައި ހިމެނޭ ބައެއް މީހުން ރާއްޖެއިން ބޭރަށް ފުރުމުން އެމީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. 

އަދި އޭގެ ތެރެއިން ބައެއް މީހުން ރާއްޖެއިން ބޭރަށް ފުރީ ވީޑިއޯ ތަކުން ފެންނަ މީހުން އައިޑެންޓިފައި ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަނިކޮށް އެމައްސަލާގައި ހިމެނޭ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުރި އިބްރާހިމް ރާފިއު ވެސް ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފަ އެވެ. 

މިހާތަނަށް އެއްޖިންސުން ގުޅުން ހިންގި މައްސަލާގެ ތަހުގީގު ފުލުހުން ކުރަމުން ދާއިރު، މިހާތަނަށް 18 މީހެއްގެ ޕާސްޕޯޓު ފުލުހުން ވަނީ ހިފަހައްޓާފަ އެވެ. 

އަލަމްގީރް އާއި އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ސަރުކާރުގެ އެކި މުވައްސަސާތަކުގައި މަސައްކަތް ކުރާ މީހުން ހިމެނެ އެވެ. ފުލުހުން ގެންދަނީ އެ މީހުންގެ މައުލޫމާތު އެ މުވައްސަސާތަކާއި ހިއްސާ ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް