ads
ރައީސް ޔާމީން ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާދަމާ ރޭ ނޫސްވެރިންނާއި، ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

މިއީ ޖަލުން މިނިވަންވީ ފަހުން، ނޫސްވެރިންނާއި ރަސްމީކޮށް ރައީސް ޔާމީން ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. އަހަރުތަކެއް ފަހުން ކުއްލިއަކަށް މާދަމާ ނޫސްވެރިންނާއި ބައްދަލުކުރައްވާ ސަބަބެއް ސާފެއް ނޫނެވެ. 

އެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ، މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު، ދިމްޔާތުގައި މާދަމާ ރޭ 20:30 ގައެވެ. 

މާދަމާ ރޭ ނޫސްވެރިންނާއި ބައްދަލުކުރައްވަން ރައީސް ޔާމީން ނިންމަވާފައިވާއިރު، ވ. އާރަށް މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ ކުރީގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށްވާ، އެމަނިކުފާނު ސަރުކާރުގައި މަޖިލީހުގެ ނައިބު ރައީސް ކަން ކުރެއްވި އަހްމަދު ނާޒިމް ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދީފަ އެވެ. އަދި އެ އަޑުއެހުމުގައި ނާޒިމް ވަނީ ރައީސް ޔާމީނަށް ގިނަ ތުހުމަތުތަކެއް ކުރައްވާ އެމްއެމްޕީއާރްސީގެ ހިޔާނުތުގެ މޭސްތިރިއަކީ ޔާމީން ކަމަށް ވެސް ވިދާޅުވެފަ އެވެ. 

އިއްޔެ ނާޒިމް ވަނީ، ކަޅު ދަބަހެއްގަ 15 މިލިއަން ރުފިޔާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ރައީސް ޔާމީންގެ އަތްޕުޅަށް އެރުވިއިރު، އެތަނުގައި ހުންނެވި ކަމަށް ކޯޓުގައި ހެކިބަސްދީފަ އެވެ. 

މީގެ އިތުރުން ނާޒިމް ވިދާޅުވީ، 2014 ވަނަ އަަހަރުގެ އެޕްރީލް 28 ވަނަ ދުވަހު، މަޖިލިސް ނިންމާލުމަށްފަހު، ރައީސް އޮފީހަށް ވަޑައިގެން ރައީސް ޔާމީނާއި ބައްދަލުކޮށް އަދީބު އެމްޕީއެލްއިން 5 މިލިއަން އަބުރާ ދައްކާގޮތަށް ނަންގަވާ ވިޔަފާރިވެރިންގެ އެކައުންޓުތަކަށް ޖަމާކުރަމުންދާ ކަމުގެ މައުލޫމާތު ވެސް ދެއްވި ކަމަށާއި ނަމަވެސް އެކަމާއި ޔާމީން ފިޔަވަޅު ނާޅާ ދޫކޮށްލެއްވީ ކަމަށެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް