ads
މި ހާ ދުވާލެއްގެ މައްޗަށް 200 ފަހަރު ގޮވާ
ހާލެއްގެ އުނދަގޫ ބޮޑުވެގެން ދެމަފިރިއަކު ކޯޓަށް މައްސަލަ ހުށަހަޅައިފި
ހާލެއްގެ އުނދަގުލުން ސަލާމަތް ނުވެވިގެން އެންމެ ފަހުން ދެމަފިރިއަކު ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ޖަރުމަނުވިލާތުގެ އުމުރުން ދުވަސްވީ މި ދެމަފިރިން ހާލުގެ މައްސަލަ ކޯޓަށް ހުށަހެޅީ ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ފެށިގެން ހާ ގޮވާ ވަރުން އުނދަގޫ ވާކަމަށް ބުނެ އެވެ. އުމުރުން 76 އަހަރުގެ ފްރެޑްރިޗް ވިލްހެލްމް އާއި އޭނާގެ އަންހެނުން ޖުއްޓާ ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ދުވާލަކު 200 ވަރަކަށްފަހަރު އެ ހާ ގޮވާ ކަމަށެވެ. 

"ހެނދުނު 08:00 އިން ފެށިގެން ހާ ގޮވަން ފަށާނެ. ދުވާލަކު 100 ފަހަރާއި 200 ފަހަރާއި ދެމެދުގެ އަދަދަކަށް އެ ހާ ހަމަ ކޮންމެ ދުވަހަކުވެސް ގޮވާ. މިއީ އަވަށްޓެރިއަކު ގެންގުޅޭ ހާލެއް. އޭނާ ކައިރީ އެވާހަކަ ބުނުމުންވެސް ކުރި ކަމެއް ނެތް. މިކަންތަކާއި ހެދި ގޭތެރޭގައި އުޅުމަށް ވަނީ ދަތިވެފަ." ކޯޓަށް ހުށަހެޅި މައްސަލާގައި ދެމަފިރިން ބުންޏެވެ.

މީގެ އިތުރުން އެ ދެމަފިރިން ބުނީ މި ހާލުގެ ގޮވުމުގެ ސަބަބުން މީގެ ދެ އަހަރު ކުރިން އެ ސަރަހައްދުގައި އުޅުނު އެހެން އާއިލާއެއްވެސް އެ ސަރަހައްދު ދޫކޮށް ގޮސްފައި ވާކަމަށެވެ. އަދި ކޯޓުން މި ހާ އެހެން ތާކަށް ބަދަލުކޮށްދިނުމަށް އަމުރު ނެރެދިނުމަށް ވަނީ އެދިފަ އެވެ. 

your imageހާލެއްގެ އުނދަގުލުގެ ސަބަބުން ކޯޓަށް މައްސަލަ ހުށަހެޅި ދެމަފިރިން

އަދި އެ ހާލުގެ ސަބަބުން އުނދަގޫތައް ކުރިމަތިވާ ގިނަ އާއިލާއެއްގެ ލިޔުންތައްވެސް އެ ދެމަފިރިން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ. 

މި މައްސަލައާއި ގުޅިގެން އެ ހާ ގެންގުޅޭ އުމުރުން 50 އަހަރުގެ މައިކަލް ކޯޓުގައި ވާހަކަ ދައްކަމުން ބުނީ، އެ ހާލަކީ، އޭނާ ގެންގުޅޭ އެހެން ކުކުޅުތައް ގެންގުޅުމަށް މުހިއްމު ދައުރެއް އަދާ ކުރާ އެއްޗެއް ކަމަށާއި، އެހެން ކަމުން އެ ހާ އެހެން ތާކަށް ގެންދެވެން ނެތް ކަމަށެވެ. 

އަދި މިއީ އޭނާ 2018 ވަނަ އަހަރު ގަތް ފިޔޮތްތަކަކުން ނިކުން ހާލެއް ކަމަށާއި، މި ހާ އޭނަ ގެންގުޅެނީ ގޭތެރޭގައި ހުންނަ ކުކުޅު ކޮށީގައި ކަމަށްވެސް ވަނީ ބުނެފަ އެވެ. 

އެހެން ނަމަވެސް ކޯޓުން ވަނީ އެ ހާލުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުންނަށް އުނދަގޫތައް ކުރިމަތިވާކަމަށް ބުނެ އެ ހާ އެހެން ތަނަކަށް ބަދަލު ކުރުމަށް އޭގެ ވެރިފަރާތައް އަންގާފަ އެވެ. 

17%
ކަމުގޮސްފި
58%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް