ads
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މީރާ އޮފީސް ފަޅާލައި 25 ރުފިޔާ ވަގަށް ނަގައިފި
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އޮފީސް ފަޅާލައި އެތަނުން ވައްކަން ކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މީރާގެ އޮފީހުގެ ކުޑަދޮރެއް ފަޅާލައި އެތަނުން ވައްކަން ކޮށްފައިވަނީ، ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އެވެ. އެ އޮފީހުގެ ކުޑަދޮރެއް ފަޅާލައި އެތަނަށް ވަން މީހާ ނެގީ، އެތަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފެއްގެ ކަބަޑުތެރޭ ހުރި 25 ރުފިޔާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. 

އަދި އެތަނުގެ ތެރެއަށް ވަގަށް ވަދެ އެތަނުގައި އެމީހާ ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ހުރިކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. 25 ރުފިޔާ ފިޔަވާ އެތަނުން އިތުރު އެއްވެސް އެއްޗެއް ވަގަށް ނަގާފައި ނުވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މީރާ އޮފީހުގެ ކުޑަދޮރެއް ފަޅާލާ އެތަނަށް ވަދެ ވައްކަން ކުރި މައްސަލައިގެ ރިޕޯޓް އިއްޔެ ހެނދުނު 08:10 ހާއިރު ހުށަހަޅާފައި ވާކަމަށެވެ. އަދި އެކަމާއި ގުޅިގެން މިހާތަނަށް މީހަރު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި، އެހެން ނަމަވެސް މައްސަލަ ތަހުގީގުކޮށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

މީރާ އޮފީސް ފަޅާލާ އެތަނުން 25 ރުފިޔާ ވަގަށް ނަގާފައި ވާއިރު، އެ އޮފީސް ހިންގަމުން އަންނަ އިމާރާތަކީ، ފުލުހުން 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓަމުން އަންނަ ތަނެއްކަން ފާހަގަ ކޮށްލެވެ އެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް